މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އއ.މަތިވެރީގައި ނަރުދަމާ ނިޒާމު އަދި ފ.ނިލަންދޫގައި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް

 

 

 

 

 

   

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

1. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ އެދިލެއްވުމުގެ މަތިން ސަރުކާރުން ތަކެތި ފޯރުކޮށްދިނުމުން އއ.މަތިވެރީގައި ނަރުދަމާ ނިޒާމު އަދި ފ.ނިލަންދޫގައި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަން

ޕްރޮޖެކްޓް ބިޑް ސެކިއުރިޓީ (ދިވެހި ރުފިޔާ)

 ޕްރޮޖެކްޓް ނަންބަރު

އއ.މަތިވެރީގައި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް މަސައްކަތް

 

55,000.00

 

 

TES/2018/W-023

ފ.ނިލަންދޫގައި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް މަސައްކަތް

 

81,000.00

 

TES/2018/W-024

2. މިމަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ އއ.މަތިވެރީގައި ނަރުދަމާގެ ވިޔުގަ ގާއިމްކުރުމާއި، ލިފްޓިންގ ސުޓޭޝަނާއި ޕަމްޕް ސްޓޭޝަން އަދި ސީ އައުޓް ފޯލް ގާއިމްކުރުމާއި އަދި އެޑްމިނިސްޓްރޭޝަން ބިލްޑިންގއެއް އެޅުމުގެ މަސައްކަތެވެ. ފ.ނިލަންދޫގައި ހިމެނެނީ ފެނުގެ ވިޔުގަ ގާއިމްކުރުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ޤާއިމްކުރުމާއި، އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުން އަދި އެޑްމިނިސްޓްރޭޝަން ބިލްޑިންގ އެއް އެޅުމުގެ މަސައްކަތެވެ.

3. ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާގެ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ.  ފައިސާ ބަލައިގަންނާނީ 4 އެޕްރީލް2018 އިން 23 އެޕްރީލް2018 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން12:00އަށް މިމިނިސްޓްރީންނެވެ. ބީލަންފޮތް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

4. ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ  އެ އަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެވެ. އެއާ އެއްވަރު ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

5. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ  12 އެޕްރީލް  2018ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

6. ބީލަން ހުޅުވުން އޮންނާނީ 25 އެޕްރީލް 2018 ވާ  ބުދަ ދުވަހުގެ 10:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ ،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން    : 3349106    3349102

އީމެއިލް  : [email protected]

ކޮޕީ    : [email protected]

8. މިޕްރޮޖެކްޓްއާއި ގުޅޭ އެންމެހާ މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

 

 

2 އެޕްރީލް 2018

02 އޭޕްރިލް 2018
ހޯދާ