ދިވެހިރާއްޖެ
ކައުންސިލް އިދާރާއަށް ޑިޖިޓަލް ކެމެރާއެއް ގަންނަން ބޭނުން ވެއްޖެ:
މި ކައުންސިލުން އައިޑީ ކާޑުގެ ޚިދްމަތް ދިނުމަށް ބޭނުންވާ ޑިޖިޓަލް ކެމެރާއެއް އަމިއްލަ ތަކެތީގައި ގަނެ ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. މި ކެމެރާ ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ބީލަމާއި ބެހޭ މަޢްލޫމާތު 08 އޭޕްރީލް 2018 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާގެ މެއިލްއަށް މަޢްލޫމާތު ޙޯއްދެވުމަށް ރިކުއެސްޓް ކުރެއްވުމުން މަޢްލޫމާތު އީމެއިލްގެ ޒަރީޢާއިން ފޯރުކޮށްދެވޭނެއެވެ. މި ކެމެރާ ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 އޭޕްރީލް 2018 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް މެއިލްގެ ޒަރީޢާއިން އަގު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މި އިދާރާއަށް މަޢްލޫމާތު ހޯދުމަށް ރިކުއެސްޓް ކުރުމަށާއި އަގު ހުށަހެޅުއްވުމަށް މެއިލް ކުރައްވާނީ [email protected] އަށެވެ. މި ކަމާއި ބެހޭގޮތުން އިތުރު މަޢްލުމާތު ބޭނުންވާ ފަރާތްތަކުން މި އިދާރާގެ ފޯން ނަންބަރު 6580071 އާއި ގުޅުއްވުން އެދެމެވެ.
15 ރަޖަބް 1439