ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީގެ ލޯންޗްގެ އިންޖީނު މަރާމާތުގެ ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަމްބަރ: (IUL)23-AP/23/2018/62) ފެބުރުވަރީ 26 2018 އިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރަން ވަޑައިގެންފައިވަނީ ދެ ބޭފުޅުންވެފައި ވާދަކުރާނެ ތިންފަރާތް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 އޭޕްރިލް 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ގުރައިދޫ ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 އޭޕްރިލް 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ގުރައިދޫ ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
15 ރަޖަބު 1439