މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީއަށް ބޭނުންވާ 02 ޓޯޓަލް ސްޓޭޝަން ސަޕްލައިކޮށްދެއްވާނޭ ފަރާތެއް ހޯދުމާއި ގުޅޭ

މި މިނިސްޓްރީގެ ބޭނުމަށް ޓޯޓަލް ސްޓޭޝަނެއް ސަޕްލައިކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަންބަރު (IUL)138-AS6/1/2018/29 (08 ފެބުރުވަރީ 2018) އިޢުލާނާއި ގުޅިގެން ދެވިފައިވާ މަޢުލޫމާތަށް ބަދަލުއައިސްފައިވާތީ، މި އިޢުލާން ބާޠިލްކޮށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އެޕްރީލު 04 ވާ ބުދަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އެޕްރީލު 11 ވާ ބުދަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.    

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 އެޕްރީލު 04 ވާ ބުދަ ދުވަހުގެ 11:30 އިން ފެށިގެން 2018 އެޕްރީލު 11 ވާ ބުދަ ދުވަހުގެ 10:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

01 އެޕްރީލް 2018
ހޯދާ