މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ރ. އިނގުރައިދޫ ނަރުދަމާ ނިޒާމުގެ ސާރވޭ، ޑިޒައިން އަދި އީ.އައި.އޭ މަސައްކަތް ކުރުމަށް ކޮންސަލްޓަންސީ ޙިދުމަތާއި ބެހޭ

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

ރ. އިނގުރައިދޫ ނަރުދަމާ ނިޒާމުގެ ސާރވޭ، ޑިޒައިން އަދި އީ.އައި.އޭ މަސައްކަތް ކުރުމަށް ކޮންސަލްޓަންސީ ޙިދުމަތާއި ބެހޭ

2018 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ރ. އިނގުރައިދޫ ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ފައިސާވަނީ ހަމަޖެހިފައެވެ. މިގޮތުން މިމަޝްރޫޢުތަކަށް ލިބިފައިވާ ފައިސާގެ ތެރެއިން ރ. އިނގުރައިދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ނަރުދަމާގެ ނިޒާމްގެ ސާރވޭ އަދި ޑިޒައިން ކޮންސަލްޓެންސީ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ް ހޯދުމަށް ކުރެވުނު ނަންބަރު:  IUL)438-WS/438/2018/97) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، މިމަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ދެވަނަ ފަހަރަށް ހުޅުވާލަމެވެ.

މި ކޮންސަލްޓަންސީގެ މަސައްކަތްތަކުގެ ތެރޭގައި ސާރވޭ މަސައްކަތްތަކާއި، ޕްލިމިނަރީ ޑިޒައިންގ، ޑީޓެއިލް ޑިޒައިންގ، ޓެންޑަރ ޑޮކިއުމަންޓްސް އަދި އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް ތައްޔާރުކުރުމާއި އަދި މޮނިޓަރިންގ ހެދުން ހިމެނެއެވެ. 

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ކޮންސަލްޓަންޓުން ރިކުއެސްޓް ފޯރ ޕްރޮޕޯސަލް (އާރް.އެފް.ޕީ) އާއި އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން އަރުވަމެވެ.  މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

މައުލޫމާތު ސާފުކުރުމުގެ ސުންގަޑި

މި މިސައްކަތުގެ "ޓެންޑަރ ޑޮކިއުމަންޓްމި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ 5 އެޕްރީލް 2018ވާ ބުރާސްފަތި ދުވަހުގެ 1200ގެ ކުރިން ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ރެޖިސްޓްރީ ކުރުމުގެ ސުންގަޑި

މި ބީލަމުގައި ބައިވެރިވަޑައިގެންނެވުމަށް ޝަޢުޤުވެރިވާ ފަރާތްތަށް [email protected] އަށް މެއިލް ކުރައްވައިގެން ރެޖިސްޓްރީ ކުރަންވާނެއެވެ. ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.  ބިޑް ހުށަހެޅުމަށް ރެޖިސްޓްރީ ކުރެވޭނެ އެންމެފަހު ތާރީޚަކީ 5 އެޕްރީލް 2018ވާ ބުރާސްފަތި ދުވަހުގެ 1400ގެ ކުރިއެވެ.

ޕްރޮޕޯސަލް ހުޅުވުން

ޕްރޮޕޯސަލް ހުޅުވުމަށް ހަމަޖެހިފައިވަނީ 8 އެޕްރީލް 2018ވާ އާދީއްތަ ދުވަހުގެ 1330 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv

ރ. އިނގުރައިދޫ ނަރުދަމާ ނިޒާމުގެ ސާރވޭ، ޑިޒައިން އަދި އީ.އައި.އޭ މަސައްކަތް ކުރުމަށް ކޮންސަލްޓަންސީ ޙިދުމަތާއި ބެހޭ އިޢުލާނު ނަންބަރު: IUL)438-WS/438/2018/121)

ޕްރޮޕޯސަލް ހުންނަންވާނީ ފައިނޭންޝިއަލް އަދި ޓެކްނިކަލް ޕްރޮޕޯސަލް ވަކިން ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ. ބޭރުގައި ޕްރޮޕޯސަލް މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު ލިޔެފައި އިންނަންވާނެއެވެ.

ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.

01 އޭޕްރިލް 2018
ހޯދާ