ދިވެހިރާއްޖެ
ނަންބަރު: (IUL) 202-L/1/2018/28
އިޢުލާން
މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް ކަނޑައެޅުން
މިއޮތޯރިޓީން 21 މާރިޗް 2018 ގައި ކޮށްފައިވާ ނަންބަރު (IUL)202-L/1/2018/25 އިޢުލާނާއި ، 24 މާރިޗް 2018 ގައި ކޮށްފައިވާ ނަންބަރު (IUL)202-L/1/2018/26 އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.
ޙަވާލާދީފައި އެވާ އިޢުލާނުގައި، މާލޭގެ މަގުތައް ތޮއްޖެހި ހިނގާބިނގާވެ އުޅުމަށް ދަތިވަމުންދާތީއާއި، ސްކޫލްތަކަށް ކުދިން ގެންގޮސް ގެނައުމާއި، ޢާއްމު ރައްޔިތުން މަގުތަށް ބޭނުންކުރުމުގައި ދަތިވަމުންދާތީ، މުދާ އުފުލުމުގެ ގަވާއިދުގެ 7 ވަނަ މާއްދާގެ (ދ) ގައި ވާގޮތުގެމަތިން، ފިހާރަތަކާއި ޢާއްމު ތަންތަނަށް ލޮރީ، ޕިކަޕް، ވޭން ފަދަ އެއްގަމު އުޅަނދު ބޭނުންކޮށްގެން މުދާ އުފުލުމުގައި ކަނޑައަޅާފައިވާ ވަގުތުތައް ކަމާއިގުޅުންހުރިފަރާތްތަކާއި މަޝްވަރާކުރުމަށްފަހު މުރާޖަޢާކޮށް، 2018 އޭޕްރީލް 01 ވަނަ ދުވަހުން ފެށިގެން ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަށް ވަނީ ކަނޑައެޅިފައެވެ.
- މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުއްލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، ޢިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މިނޫންވެސް މިފަދަ އެންމެހާ ތަކެތި އެއްތަނުން އަނެއްތަނަށް އުފުއްލައްވާނީ 18:00 އިން ފެށިގެން ހެނދުނު 06:00 އާއި ދެމެދުގައެވެ.
- ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް އުފުއްލަންވާނީ ހެނދުނު 08:30 އިން ފެށިގެން 11:00 އަށް އަދި 18:00 އިން ފެށިގެން ހެނދުނު 06:00 އާއި ދެމެދު ގައެވެ.
ވީމާ، ހުރިހާ ވިޔަފާރިތަކާއި، ޑުރައިވަރުންވެސް މި އިޢުލާނުގައި ބަޔާންކޮށްފައިވާ ގަޑިތަކަށް ޢަމަލު ކުރެއްވުން އެދި ދެންނެވީމެވެ. އެންމެންގެ ލުއިފަސޭހައަށް ސަރުކާރުން ނިންމަވާ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރުއަދާކުރަމެވެ.
13 ރަޖަބު 1439
30 މާރިޗް 2018
ދިވެހިސަރުކާރުގެ ގެޒެޓް
މާލެ، ދިވެހިރާއްޖެ
