ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
3 ކޮޓަރީގެ ގެއެއް ކުއްޔަށް ހިފަން ބޭނުން

2018 ވަނަ އަހަރު މި ސްކޫލްގައި މަސައްކަތް ކުރައްވަމުންގެންދަވާ މިޞްރުގެ މުދައްރިސުން ބޭތިއްބުމަށްޓަކައި، ސ.ހިތަދޫ އިން 03 ކޮޓަރީގެ ގެއެއް 1އަހަރު ދުވަހަށް ކުއްޔަށް ހިފަން ކުރެވުނު ނަމްބަރ IUL/GS211/2018-02އިޢުލާނަށް އެކަށީގެންވާވަރަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ ތިންވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ.

                    ވީމާ، ގެއެއް ކުއްޔަށް ދޫކުރައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

03 އެޕްރީލް 2018 ވާ އަންގާރަ ދުވަހު ހެނދުނު 10.00 ގައި ނޫރާނީ ސްކޫލްގައި

މަޢުލޫމާތު ދިނުން

08 އެޕްރީލް 2018 ވާ އާދީއްތަ ދުވަހު ހެނދުނު 10.00 ގައި ނޫރާނީ ސްކޫލްގައި

އަންދާސީ ހިސާބު ހުށަހެޅުން

         

  މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އަދި މަޢުލޫމާތުތައް ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާޠިލުކުރެވޭނެއެވެ.    

           ވީމާ، މިކަން އާންމުކޮށް އިޢުލާންކުރީމެވެ.

         11  ރަޖަބު 1439  

         29  މާރޗް 2018

29 މާރިޗު 2018
ހޯދާ