މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ޤާނޫނެއް ޑްރާފްޓްކުރުން

އިއުލާން

މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ޤާނޫނެއް ޑްރާފްޓްކުރުން

މިމިނިސްޓްރީއާއި އ.ދ.ގެ ތިމާވެށި ޖަމްޢިއްޔާ ގުޅިގެން ހިންގޭ ޕްރޮގްރާމެއްގެ ދަށުން "މޫސުމަށް އަންނަ ބަދަލުތަކާ ޤާނޫނެއް" ތައްޔާރު ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ދެއިޢުލާނަށް އެދެވިގެންވާ އަންދާޒީ ހިސާބު ނުލިބުމުގެ ސަބަބުން، މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" އަށް ބަދަލުގެނެސް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި މިސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 5 އެޕްރީލް 2018 ވަނަ ދުވަހުގެ 1100 ގެ ކުރިން، ޕްރޮޕޯސަލް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި ޕްރޮޕޯސަލްތައް ހުޅުވާނީ 5 އެޕްރީލް 2018 ވަނަ ދުވަހުގެ 1330 ޖަހާ އިރު އެ މީޓިންގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންގެ ކުރިމަތީގައެވެ.

ޕްރޮޕޯސަލް ހުށަހަޅަންޖެހޭ އެޑްރެސް:

ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައި ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

" މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ޤާނޫނެއް ޑްރާފްޓްކުރުން"

ޕްރޮކިޔުމަންޓް ސެކްޝަން،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv

29 މާރިޗު 2018
ހޯދާ