މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ށ. ގޮއިދޫގައި ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢު

ބީލަން ހުށަހެޅުމުގެ ދައުވަތު

ށ. ގޮއިދޫގައި ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢު

ށ. ގޮއިދޫގެ ބަނދަރު ސަރަހައްދު، ކުޅިވަރު ކުޅޭ ސަރަހައްދު އަދި މަސްޖިދުލް ރިޟްވާން ގޯތިތެރޭގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް، އަމިއްލަ ތަކެތީގައި ގާއިމުކުރުމަށް މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ ކުރެވުނު ނަންބަރު: IUL)/273/273/2018/1) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުވާތީ، ހުށަހަޅާފައިވާ ބީލަންތައް ބާތިލްކޮށް، މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު އަލުން ހުޅުވާލަމެވެ.

މި މިސައްކަތުގެ "ކުރެހުން"، "ޓެކްނިކަލް ސްޕެސިފިކޭޝަން"، "ބީލަން ފޮތް" އަދި "ބީ.އޯ.ކިއު" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

 

ޕްރީ ބިޑް ބައްދަލުވުން

މި މަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ  08 އޭޕްރިލް 2018 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައެވެ. އަދި ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައި ނުގަނެވޭނެކަން ދަންނަވަމެވެ.

 

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ  16 އޭޕްރިލް 2018 ވާ ހޯމަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

ށ. ގޮއިދޫގައި ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢު އިޢުލާނު ނަންބަރު: IUL)438-WS/438/2018/116)

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.

28 މާރިޗު 2018

28 މާރިޗު 2018
ހޯދާ