އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް، ޕްެރޮކިއުމަންޓް އޮފިސަރ

މަގާމު

ޑިރެކްޓަރ ޖެނެރަލް

މަގާމުގެ ނަންބަރު

J-285688

ބޭނުންވާ ޢަދަދު

1 (އެކެއް)

މަގާމުގެ ގިންތި

ދާއިމީ

މަގާމުގެ ރޭންކް

އީ.އެކްސް- 5

މަގާމުގެ ކްލެސިފިކޭޝަން

ޑިރެކްޓަރ ޖެނެރަލް

ސެކްޝަން

އެޑްމިނިސްޓްރޭޓިވް ޑިވިޜަން

އޮފީސް

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް

ވަޒީފާ އަދާކުރަންޖެހޭ ތަން

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް/ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

މުސާރަ

13,890.00 ރުފިޔާ

ސަރވިސް އެލަވަންސް

2,000.00 ރުފިޔާ

އިތުރު ޢިނާޔަތްތައް

1-      ކޮއްތުފައިސާ (މަސައްކަތަށް ނުކުންނަ ދުވަހަކަށް -/60 ރުފިޔާ)

2-      އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ  ގޮތުގައި މުސާރައިގެ %35.

3-      ސަޕޯޓިންގ ކޯ އެލަވަންސް /-1500 ރުފިޔާ

4-      ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

5-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

6-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

 

މަގާމުގެ ޝަރުތުތައް.

  1. އެކައުންޓިންގ އެންޑް ފައިނޭންސް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ހިއުމަންރިސޯސް މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ އެންޑް ފައިނޭންސް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ހިއުމަންރިސޯސް މެނޭޖްމަންޓްދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.މި ތަޖުރިބާގެ ތެރޭގައި، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާއާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. އެކައުންޓިންގ އެންޑް ފައިނޭންސް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ހިއުމަންރިސޯސް މެނޭޖްމަންޓްދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

  1. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އިދާރީ ކަންތައްތަކާއި މާލީ ކަންތައްތައް ގާނޫނާއި ގަވާއިދާ އެއްގޮތަށް ހިންގާ ބެލެހެއްޓުން.
  2. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ފައިސާއާބެހޭ ކަންތައްތަކުގެ މަސްއޫލިއްޔަތު، މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް އަދާކުރުމުގެ އިންތިޒާމު ހަމަޖައްސައި ހިންގުން.
  3. މުވައްޒަފުންނާގުޅުންހުރި އެންމެހާ ކަންތައްތައް ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ހިންގާ ބެލެހެއްޓުން.
  4. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މާލީ ހިސާބު ހެދުމާއި، އަހަރީ އާމްދަނީ ރިޕޯޓް/ ބަޖެޓް ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

(ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް އިދާރާއިން މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް)

1-ތަޢްލީމާއި ތަމްރީނު (ކަނޑައަޅާފައިވާ އިންސައްތަ %26)

2- އިމްތިޙާން (ސިވިލް ސަރވިސްގެ ވަޒީފާއަށްވަނުމަށް ދެވޭ އިމްތިޙާން) (ކަނޑައަޅާފައިވާ އިންސައްތަ %5)

3- މަސައްކަތުގެ ތަޖްރިބާއަށް (ކަނޑައަޅާފައިވާ އިންސައްތަ )

4-ލިބިފައިވާ ހުނަރު (އިންޓަވިއު/ޕްރެކްޓިކަލްސް) (ކަނޑައަޅާފައިވާ އިންސައްތަ %53)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ގަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަގާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށްއެދޭ ފޯމް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ކައުންޓަރުންނާއި ހުޅުލޭގައި ހުންނަ މި ކޮމާންޑުގެ ހެޑްކްއޯޓާރޒް އިން ލިބެންހުންނާނެއެވެ. އަދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ www.defence.gov.mv އާއި މި ކޮމާންޑްގެ www.avsecom.gov.mv މި ދެ ވެބްސައިންޓުން ވަޒީފާއަށްއެދޭފޯމް ޑައުންލޯޑް ކުރެވޭނެއެވެ. ވަޒީފާއަށްއެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 09 އޭޕްރީލް 2018 ވާ ހޯމަ ދުވަހުގެ 14.00 ގެކުރިން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް ނުވަތަ ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ހެޑްކްއޯޓާރޒް (ސްޓާފް ކުއާރޓަސް2، 1 ވަނަ ފަންގިލިފާ)އަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔެކިއުންތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ- މެއިލް އެޑްރެހަކީ [email protected], [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހާޅާފައިނުވާނަމަ އެޕްލިކޭޝަން ބާތިލުވާނެއެވެ.

އިންޓަވިއު (އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސް ހިމެނުން) އޮންނާނެ ތަނާއި މުއްދަތު:

މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ ޕްރެކްޓިކަލްސް އޮންނާނީ އޭޕްރީލް މަހުގެ ތިންވަނަ ހަފްތާގައެވެ. އަދި ޕްރެޒެންޓޭޝަނާއި އިންޓަރވިއު އޮންނާނީ 2018 އެޕްރީލް 22 އިން 30 އާދެމެދުގައެވެ. ޕްރެކްޓިކަލްސްއާއި ޕްރެޒެންޓޭޝަން އަދި އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައެވެ.  ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެކްޓިކަލްސްއަށާއި ޕްރެޒެންޓޭޝަން އަދި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.  

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށްއެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މި މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ %35 އިން ސައްތައަށްވުރެ މަތިވާންވާނެއެވެ.

މަގާމު:

ޕްރޮކިއުމަންޓް އޮފިސަރ

މަގާމުގެ ނަންބަރު:

J-273122

ބޭނުންވާ ޢަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

މަގާމުގެ ރޭންކް:

އެމް.އެސް-1

މަގާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ސެކްޝަން:

ލޮޖިސްޓިކް އެންޑް ޓެކްނިކަލް މެނޭޖްމަންޓް ސެކްޝަން

އޮފީސް:

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް

ވަޒީފާ އަދާކުރަންޖެހޭ ތަން

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް/ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

މުސާރަ:

5,610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އިތުރު ޢިނާޔަތްތައް

  1. ކޮއްތު ފައިސާ -/60ރ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)
  2. އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35
  3. ސަޕޯޓިން ކޯ އެލަވަންސް 2 /-700 ރުފިޔާ
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  5. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  6. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަގާމުގެ ޝަރުތުތައް

1- އެކައުންޓިންގ އެންޑް ފައިނޭންސް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/ޕަބްލިކްއެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1. އޮފީހަށް ބޭނުންވާ މުދާ ހޯދަން އެދުމުން، އެތަކެތި ހޯދުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން.

2.ކޮންޓްރެކްޓްތައް ހަވާލުކޮށްފައިވާ ފަރާތްތަކާ ކޮންޓެކްޓްކޮށް، މަސައްކަތް ކުރިއަށްދާގޮތްބެލުމާއި،އެމަސައްކަތްތައްކުރިއަށްގެންދަނީމާލިއްޔަތުގެގަވާއިދާ އެއްގޮތަށްތޯ ބެލުމާއި، މަސައްކަތް ނިމުމުން، ފައިސާ ދެއްކުމުގެ ކަންތައް ކުރިއަށް ގެންދިއުން.

3. މުދާ ގަންނައިރު، މުހިންމު އެއްޗިއްސަށް ސަމާލުކަންދީ، ފައިނޭންސް ސެކްޝަނާ ގުޅިގެން މަސައްކަތްތައް ކުރިއަށްގެންދިއުމާއި، މުދާ ލިބެމުންދާވަރަކަށް ޕީ.އޯ ރަޖިސްޓްރީއަށް އަޅައި އަޕްޑޭޓްކުރުމާއި، އިންވޮއިސް ލިބުމުން، އެ އިންވޮއިސްތައް ލަސްނުކޮށް ފައިނޭންސް ސެކްޝަނާހަވާލުކުރުން.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

(ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް އިދާރާއިން މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް)

1- ތަޢްލީމާއި ތަމްރީނު (ކަނޑައަޅާފައިވާ އިންސައްތަ %38)

2- އިމްތިޙާން (ސިވިލް ސަރވިސްގެ ވަޒީފާއަށްވަނުމަށް ދެވޭ އިމްތިޙާން) (ކަނޑައަޅާފައިވާ އިންސައްތަ %5)

3- މަސައްކަތުގެ ތަޖްރިބާއަށް (ކަނޑައަޅާފައިވާ އިންސައްތަ )

4- ލިބިފައިވާ ހުނަރު (އިންޓަވިއު/ޕްރެކްޓިކަލްސް) (ކަނޑައަޅާފައިވާ އިންސައްތަ %43)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސްކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ގަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަގާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށްއެދޭ ފޯމް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ކައުންޓަރުންނާއި ހުޅުލޭގައި ހުންނަ މިކޮމާންޑުގެ ހެޑްކްއޯޓާރޒް އިން ލިބެންހުންނާނެއެވެ. އަދި މިނިސްޓްރީ އޮފް ޑިފެންސްއެންޑް ނޭޝަނަލް ސެކިއުރިޓީގެwww.defence.gov.mvއާއި މިކޮމާންޑްގެwww.avsecom.gov.mvމި ދެ ވެބްސައިންޓުން ވަޒީފާއަށްއެދޭ ފޯމް ޑައުންލޯޑްކުރެވޭނެއެވެ. ވަޒީފާއަށްއެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 09 އޭޕްރީލް 2018 ވާ ހޯމަ ދުވަހުގެ 14.00 ގެ ކުރިން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް ނުވަތަ ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ހެޑްކްއޯޓާރޒް (ސްޓާފް ކުއާރޓަސް2، 1 ވަނަ ފަންގިލިފާ)އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިއުންތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ.މެއިލް އެޑްރެހަކީ [email protected], [email protected]  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހާޅާފައިނުވާނަމަ އެޕްލިކޭޝަން ބާތިލުވާނެއެވެ.

އިންޓަވިއު (އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސް ހިމެނުން) އޮންނާނެ ތަނާއި މުއްދަތު:

މި މަގާމުތަކަށް މީހުން ހޮވުމަށްބާއްވާ އިންޓަރވިއު އޮންނާނީ 2018 އޭޕްރީލް 15 އިން 2018 އޭޕްރީލް 22 އާ ދެމެދު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައެވެ.ވުމާއެކުމި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށްހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށްއެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މި މަގާމުތަކަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ %30 އިން ސައްތައަށްވުރެ މަތިވާންވާނެއެވެ. 

އިތުރު މަޢުލޫމާތު ހޯދުން:

މި އިއުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ ފޯން:3013435,3013437- 3313724,3342967އެވެ. އީ-މެއިލް އެޑްރެސް [email protected]  - [email protected]އެވެ.

28 މާރިޗު 2018
ހޯދާ