ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުތެރެ ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުން

މިރަށުގެ ކުނިކަހާސާފުކޮށް ބަލަހައްޓާ ސަރަހައްދު، ވިނަނޮޅާ ކުނިކަހާ ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

                 ވީމާ މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭންބޭނުންވާ ފަރާތްތަކުން 03 އެޕްރީލް 2018 ވާ އަންގާރަ  ދުވަހުގެ 11:00 ށް ކައުންސިލް އިދާރާއަށް ދުރުވެ ނުވަތަ ކައުންސިލަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު މަސައްކަތްކޮށްދެއްވޭނެ އަގު ( އެސްޓިމޭޓު ) ހިއްޕަވައިގެން 05 އެޕްރީލް 2018 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ށް ކައުންސިލް އިދާރާއަށް ދުރުވުމަށް ދަންނަވަމެވެ.        

            އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ވ.ތިނަދޫގެ ރަށުތެރެ ކުނިކަހާސާފުކޮށްދިނުމަށް އެދި" މިހެންލިޔެފަ އޮންނަށްވާނެއެވެ. މީގެއިތުރުން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނުނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައޮންނަންވާނެއެވެ. ބަދަލުގައި އެހެންބޭފުޅަކު ވަޑައިގަންނަވާނަމަ އެމީހަކީ ކާކުކަން އެނގޭފަދަ ރަސްމީ ލިއުމެއް ހުށަހަޅުއްވަން ވާނެއެވެ.

އަންދާސީ ހިސާބު ހުޅުވުން:

           އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 05 އެޕްރީލް 2018 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގައި ވ.ތިނަދޫ ކައުންސިލްގެ އިދާރާގައި އަންދާސީ ހިސާބު ހިއްޕަވައިގެން ވަޑައިގަންނަވާ ފަރާތްތަކުގެ ޙާޒިރުގައެވެ. ނަމަވެސް އިވެލުއޭޓް ކޮމެޓީއިން ބެލުމަށްފަހު ޝަރުތު ހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލް ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްފަހު އަންދާސީ ހިސާބުގެ އެއްވެސް ލިއުމަކަށް އުނިއިތުރެއް ނުގެނެވޭނެއެވެ.

މާކްސް ދެވޭ ގޮތްތަށް:  

#

މާކްސް

މާކްސްދެވޭ މިންގަނޑުތައް

ތަފްސީލް

01

%50

އަގު

އެންމެގިނަ މާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުޑަ އަގަށް

02

10%

ދިވެހިން

މަސައްކަތުގައި ގެންނުޅޭނީ ދިވެހިންކަމުގައިވާނަމަ

03

ތަޖުރިބާ

ކަމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް

04

%7

ދިވެހި،ބިދޭސީ

ދިހެހިންނާއި ބިދޭސީންނާ އެއްކޮށް ކަމުގައިވާނަމަ

05

%3

ބިދޭސީން

ބިދޭސީން އެކަނި ކަމުގައިވާނަމަ

 

މާކްސް ދެވޭގޮތުގެ ތަފްސީލް:

 

01 ބިޑް އިވެލުއޭޓް ކުރާނީ މިކައުންސިލުން އައްޔަނުކުރާ ބިޑް އިވެލުއޭޓްކުރާ ކޮމެޓީއަކުންނެވެ.

02 ބިޑް އިވެލުއޭޓްކުރާ ކޮމެޓީން ނިންމާފަރާތަކަށް ބިޑް ލިބޭނެއެވެ.

03 ބިޑް އިވެލުއޭޓް ކުރުމުގައި އެއްވެސް ޝަކުވާއެއް އޮތްނަމަ މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުމުން އެފަރާތަކަށް    ޖަވާބުދެވޭނެއެވެ. 

                   

           ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި  އިޢްލާން ކުރީމެވެ.

     

                 10 ރަޖަބް  1439 ހ

                 27 މާރިޗް  2017 މ

27 މާރިޗު 2018
ހޯދާ