މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޭޝިއަރ

ވަޒީފާގެ ފުރުޞަތު

 

މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

 ކޭޝިއަރ

ބޭނުންވާ ޢަދަދު

 3  

ވަޒީފާގެ ބާވަތް

 ވަގުތީ  ( 2 މަސްދުވަހަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 މިފްކޯ މަސްފިހާރަ/މާލެ  އަދި  ހުޅުމާލެ މަސްފިހާރަ/ހުޅުމާލެ.

އަސާސީ މުސާރަ:

 ޝިފްޓަކަށް -/100 ރުފިޔާ

 ހެދުނު ޝިފްޓް: ހެދުނު 10:00 އިން 15:00 އަށް،                   މެންދުރު ޝިފްޓް: 15:00 އިން 17:00 އަދި 20:30 އިން ރޭގަނޑު 23:00 އަށް.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

- މަސްފިހާރައަށް ޒިޔާރަތްކުރާ ކަސްޓަމަރުންނާއި ހިނިތުންވުމާއެކެ މުޢާމަލާތްކުރުން.

- މަސްފިހާރައިގެ އެހެންމުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުން. 

- މަސްފިހާރައިގެ ޝިފްޓް ޑިއުޓީފެށޭއިރު ވަތްގަނޑުގައި ހުރި ފައިސާ ގުނާ، ހިސާބުތަކާއި ދިމާވޭތޯ ބެލުން.

- މަސްފިހާރައިގެ ކައުންޓަރުތައް ސާފުތާހިރުކޮށް ބެލެހެއްޓުން.

- ފިހާރައިގައި ބެހެއްޓިފައިވާ މުދާތަކާ އަދި ފިހާރައިން ދެވޭ ޚިދުމަތްތަކާއި ބޭހޭގޮތުން ކަސްޓަމަރުން އޮޅުންފިލުވަން ބޭނުންވާ މަޢުލޫމާތު ފޯރުކޮށް ދިނުން.

- ކަސްޓަމަރުންގެ ޝަކުވާތަކުގެ ތެރެއިން ޙައްލުކޮށްދެވެން ހުރި ކަންކަން ޙައްލުކޮށްދިނުން. އަދި ޙައްލުކޮށް ނުދެވޭ ކަންތައްތައް މަސްފިހާރައާއި ޙަވާލުވެގެން ހުންނަ އިސްފަރާތަށްއެންގުން.

- ކިރައިގެން ވިއްކާ އައިޓަމްތަކުގެ އަގު ހޯދުމަށް ކިރުން. އަދި ކައްޓާގައި އެއްވެސް މައްސަލައެއް އުޅޭކަން ފާހަގަވާނަމަ އެކަން ފިހާރައިގެ އިންޗާރޖަށް ވަގުތުން އެންގުން.

- މުދަލަށް ފައިސާ ކެނޑުމަށްފަހު ރިސިޓް ކަސްޓަމަރަށް ޙަވާލުކޮށް އަދި ރިސިޓްގެ ކޮޕީ ރައްކާކުރުން.

- ކޮންމެ ޝިފްޓެއް ނިންމުމަށްފަހު ކައުންޓަރގައި ހުރި ފައިސާ ގުނާ އަދި ޖުމްލަ ސޭލްސް އާއި ދިމާވޭތޯ ބެލުން.

- ސޭލްސް ސިސްޓަމްގައި ކުރެވޭ ހުރިހާ މުޢާމަލާތްތަކުގެ ޓްރާންސެކްޝަނެއް ރިކޯޑްކުރުން.

- ފީ،އޯ.އެސް ސިސްޓަމުން ކުރެވޭ މުއާމަލާތުުގެ ރިސިޓް ރައްކާކޮށް އަދި ސިސްޓަމުން ފައިސާ ކެނޑުން.

- ސްޓޮކް ބަލާ ޝެލްފްގައި ހުރިމުދަލުގައި އަގުޖެހިފައިވޭތޯ ކަށަވަރުކުރުން.

ޝަރުޠު:

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު އޯ.ލެވެލް އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން " ސީ" ގްރޭޑް ލިބިފައިވުން. އަދި ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުންގައި 'ދިވެހި' އަދި 'އިސްލާމް' މި މާއްދާތަކުން ދަށްވެގެން" ސީ" ގްރޭޑް ލިބިފައިވުން.  ނުވަތަ މަޤާމާއި ގުޅޭ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

ނޯޓް: - މަތީގައިވާ މަޤާމުގެެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތުހަމަވާ ފަރާތްތަކަށެވެ.     

މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 އެޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ(އަސްލާއެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީން ތައްގަނޑު ޖަހާފައިވާ އަސްލު) އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) އާއި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭގޮތުގެ ލިޔުމެއް. އަދި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލާއެކު)  ވަޒީފާއަށް އެދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް އަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެވުމަށް ދެންނެވީމެވެ. ފެކްސް ކުރައްވާނަމަ 3323955 ނަމްބަރަށް ފޮނުއްވުން އެދެމެވެ.  އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 300 އަށް ގުޅުއްވުން އެދެމެވެ.

 

             28 މާރޗް 2018

28 މާރިޗު 2018
ހޯދާ