ދިވެހިރާއްޖެ
`
ދިވެހިބަހުގެ އެކެޑަމީ
މާލެ،
ދިވެހިރާއްޖެ.
ނަންބަރު: (IUL)430-DBA-B/1/2018/8
އިޢުލާނު
މި އެކެޑަމީގެ ނަންބަރު (IUL)430-DBA-B/1/2018/7 އިޢުލާނާ ގުޅޭގޮތުން ދަންނަވަމެވެ.
އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 33ވަނަ ޤައުމީ މުބާރާތް މިހާރު ވަނީ ފަސްކުރެވިފައެވެ. މި މުބާރާތް ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ 2018 ޖުލައި 3 އިން 31 ގެ ނިޔަލަށެވެ.
މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުންހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mvން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު 3028002ން ލިބޭނެއެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 2018 ޖޫން 05 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.
ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.