ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ވަންދޫ ވޮލީ ކޯޓެއް އެޅުމާއިގުޅޭ

`

                                                                    

 

ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ                                      Secretariat of Kolhumadulu Vandhoo Council

  ތ. ވަންދޫ ، ދިވެހިރާއްޖެ                                                     Thaa Vandhoo, Rep of Maldives

                                                                     ނަމްބަރު: IUL)388-PRO/388/2018/18) 

އިޢުލާން

ވޮލީކޯޓް އެޅުމާއިގުޅޭ

                                         މިއިދާރާއިން ދައްކާ ނަމޫނާއަކާއި އެއްގޮތައް އަމިއްލަ ތަކެތީގައި ވޮލީކޯޓެއް އަޅާދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 1 އޭޕްރީލް 2018 ވާ އާދީއްތަ ދުވަހު 11:00 ގައި މިއިދާރާއިން މައުލޫމާތު ސާފުކުރެއްވުމަށްފަހު 5 އޭޕްރީލް 2018 ވާ ބުރާސްފަތި ދުވަހު 11:00 ގައި މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މައުލޫމަތު ސާފުކުރުމަށް ވަޑައިގެންނެވި ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައި ޑީ ކާޑު އަދި ކުންފުންޏެއްނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބުގައި އެފަރާތެއްގެ ނަމާއި އެޑްރެސް އަދި މަސައްކަތުގެ ނަމާއި މަސައްކަތުގެ އަގު އަދި މަސައްކަތް ކުރުމަށް ރާވާފައިވާގޮތް އެނގޭނޭހެން ތަފްސީލްކޮށް ހިމަނަންވާނެއެވެ.

                             މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ފޯނާގުޅުއްވުންއެދެމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

9 ރަޖަބު 1439

                                              26 މާރިޗު 201

26 މާރިޗު 2018
ހޯދާ