ދިވެހިރާއްޖެ
|
` | |
އުލިގަމު މެޖިސްޓްރޭޓް ކޯޓު |
|
|
ހއ.އުލިގަން، ދިވެހިރާއްޖެ |
|
ނަމްބަރު: A2MC-A/2018/02-E
އިޢުލާން
މިކޯޓުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، މިކޯޓުގެ ފާހާނާ މަރާމާތުކުރުމާއި، ފިޓިންގްސް ބަދަލުކުރުމާއި، ފެންމޯޓަރު ގަތުމާއި ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި،މިކޯޓުގެ ނަންބަރު: A2MC-A/2018/01-E(04 މާރިޗް 2018) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކޮށްފައި ނުވާތީވެ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކުރަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިލައްވާ ފަރާތްތަކުން 01 އޭޕްރީލް 2018 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 އޭޕްރީލް 2018 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މިކޯޓަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓް ހުށަހަޅަންވާނީ، ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " އުލިގަމު މެޖިސްޓްރޭޓް ކޯޓުގެ ފާހާނާ މަރާމާތުކުރުމާއި، ފިޓިންގްސް ބަދަލުކުރުމާއި، ފެންމޯޓަރު ގަތުމާއި ހަރުކުރުމުގެ މަސައްކަތް ކޮށްދިނުމަށްއެދި" މިހެން ލިޔެފައި އޮންނަން ވާނެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި، އެސްޓިމޭޓް ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓްތަށް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.