ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިބަރުން އަމިއްލަ އުޅަނދުފަހަރު ބަނުމަށް ބިންދޫކުރުމުގެ ފުރުޞަތު ހުޅުވާލުން

ފައިބަރުން އަމިއްލަ އުޅަނދުފަހަރު ބަނުމަށް ބިންދޫކުރުމުގެ ފުރުޞަތު ހުޅުވާލުން

 

ފައިބަރުން އަމިއްލަ އުޅަނދުފަހަރު ބަނުމަށް ބިންދޫކުރުމުގެ ފުރުޞަތު މިވަނީ ހުޅުވާލެވިފައެވެ.

          ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިން ހޯދުމަށް އެދި މިކައުންސިލް އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މިޕްރޮޕޯސަލްގައި ބަންނަން ބޭނުންވާ އުޅަނދުގެ މަޢުލޫމާތު ( ދިގުމިނާއި، ފުޅާމިން) ހިމަނައި ބޭނުންވާ ބިމުގެ ބޮޑުމިން ހިމަނަންވާނެއެވެ. އަދި ހަރުގެ އަޅާނެ ގޮތުގެ މަޢުލޫމާތުވެސް ހިމަނަންވާނެއެވެ. އަމިއްލަ އުޅަނދެއް ބަނުމަށް ބިންދޫކުރެވޭނީ 24 މަސްދުވަހުގެ މުއްދަތަށް އަކަފޫޓަށް 50/- (ފަންސާސް ލާރި) ގެ ރޭޓުންނެވެ. ބިންދޫކުރެވޭނީ ކަނުކޮޑާ ސަރަޙައްދުންނެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 29 މާރިޗް 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ބިން ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

         އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު: 6840006 ފޯނާއި ގުޅުއްވުން އެދެމެވެ.

         މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

26 މާރިޗު 2018
ހޯދާ