ދިވެހިރާއްޖެ
ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޢިމާރާތްތަކާއި ގޯތިތެރެއާއި މިނޫނަސް ހޮސްޕިޓަލުގެ ގޯތިތެރޭގައި ހިމެނޭ ބައެއް ތަންތަން 1 އަހަރު ދުވަހުގެ މުއްދަތަށް ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު HRH/IU/2016/14 އިޢުލާން ބާޠިލުކޮށް،އަލުން މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ 01 އެޕްރީލް 2018 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން މި ބީލަމާބެހޭ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މަޢުލޫމާތު ދިނުން އޮންނާނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 9 އެޕްރީލް 2018 ވާ ހޯމަދުވަހުގެ 10:00 އެވެ.
ބީލަން ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ބީލަން ހުށަހަޅުއްވާއިރު ހުރިހާ ލިޔުމެއްގެ އަސްލާއެކު އިތުރު ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި ތިރީގައި މިވާގޮތަށް އެޑްރެސް ކުރައްވަންވާނެއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
އައްޑޫ ސިޓީ / ދިވެހިރާއްޖެ
8 ރަޖަބު 1439
25 މާރިޗް 2018