ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
Asia Journalism Fellowship 2018
                                | Asia journalism fellowship 2018 | 
| 
 ސިންގަޕޫރުގެ ތެމަސެކް ފައުންޑޭޝަން އިންޓަރނޭޝަނަލް އަދި ދަ އިންސްޓިޓިއުޓް އޮފް ޕޮލިސީ ސްޓަޑީސް އިން ވަނީ 16 ޖުލައި އިން 5 އޮކްޓޯބަރ 2018 ގެ ނިޔަލަށް ހިންގެވުމަށް ހަމަޖެހިފައިވާ އޭޝިއާ ޖަރނަލިޒަމް ފެލޯޝިޕް ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި އަންގަވާފައެވެ. އަދި މިފުރުސަތަށް ހޮވޭ ފަރާތްތަކަށް ހުރިހާ ހަރަދެއް ދެއްވުމަށް ހަމަޖެހިފައިވަނީ ވެސް އެފަރާތުންނެވެ. 
 ވީމާ،މި ޕްރޮގްރާމް ގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު www.ajf.sg ވެބްސައިޓުން ލިބެން ހުންނާނެއެވެ. 
 މިޕްރޮގްރާމް ގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު 30 މާރިޗު 2018 ގެ ނިޔަލަށް ހުޅުވިފައިވާ ކަމުގައި ދަންނަވަމެވެ. 
 | 
             25 މާރިޗު 2018
            
        
                    ހޯދާ  
                
                 
                    