ދިވެހިރާއްޖެ
އިޢުލާނު
އިޖްތިމާއީ ސަރަޙައްދު ކުނިކަހާ ސާފުކޮށް ބަލަހައްޓާނެ ފަރާތެއްހޯދަން
ލ.ކުނަހަންދޫ އިޖުތިމާއީ ސަރަހައްދު ކުނިކަހާ ސާފްކުރުމަށް ކުރި ނަންބަރ 405-A/2018/11 ( 18 މާރިޗް 2018 ) އިޢުލާން ބާތިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
2018 ވަނަ އަހަރު މިރަށު އިޖްތިމާއީ ސަރަހައްދު ކުނިކަހާ ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ސައުގުވެރިވާ ފަރާތްތަކުން 01 އޭޕްރީލް 2018 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 02 އޭޕްރީލް 2018 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން ކުނަހަންދޫ ކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުންއެދެމެވެ. އަދި މައުލޫމާތު ސާފް ކުރެވޭނީ ކުންފުންޏަކަށް ނުވަތަ ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތަކެށެވެ. އަދި ބަދަލްގައި މީހަކު ފޮނުވާނަމަ އެކަން އެގޭނެ ސިޓީ އެއް ހުށައަޅަން ވާނެއެވެ. އަދި މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބާތިލްކުރެވޭނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
08 ރަޖަބް 1439
25 މާރިޗް 2018