ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (4/93)ގެ ދަށުން ޙިމާޔަތް ކުރެވިފައިވާ ދޫނިތައް ކުރަހައިދޭނެ ފަރާތެއް ހޯދުމަށް
މި މިނިސްޓްރީއިން 7 މާރިޗު 2018 ގައި ކުރެވުނު ނަންބަރު IUL)438-ENV/438/2018/73) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބުލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (4/93)ގެ ދަށުން ޙިމާޔަތް ކުރެވިފައިވާ 103 ދޫނި ރަނގަޅު ފެންވަރެއްގައި ކުލަކޮށް ކުރަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތަށް ބޭނުންވާ ޝަރުތުތަކާއި، ކުރެހުންތައް ހުންނަންޖެހޭނެ ފެންވަރާއި، ކުރެހުން ހުށަހަޅަންޖެހޭގޮތުގެ މަޢުލޫމާތު މި އިޢުލާނާއެކު ހިމެނިފައިވާ ޓީ.އޯ.އަރ. ގައި ވާނެއެވެ. ޓީ.އޯ.އަރ ގައި ކުރެހުމަށް ބޭނުންވާ ދޫނިތަކުގެ ލިސްޓެއްވެސް ހިމެނިފައިވާނެއެވެ. ކުރެހުންތައް ކުރަހަންޖެހޭނީ ދޫނީގެ ސިފަތައް ރަނގަޅަށް ސިފަކުރެވޭގޮތަށް މިނިސްޓްރީއިން ފޯރުކޮށްދޭ ނަމޫނާ ފޮޓޯތަކެއްބަލައިގެންނެވެ.
މި މިސައްކަތުގެ "ޓީ.އޯ.އަރ" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ޓީ.އޯ.އަރ.ގެ ފޯމް 1: ޕްރޮޕޯސަލް ސަބްމިޝަން ފޯމް
- ޓީ.އޯ.އަރ.ގެ ފޯމް 2: ފައިނޭންޝަލް ބްރޭކްޑައުން
- ވަނަވަރު: މި މަސައްކަތާއި ގުޅުންހުރި ތަޖުރިބާއާއި ހުނަރު ހިމެނޭގޮތަށް
- ކުރިން ކުރި މިފަދަ މަސައްކަތްތަކުގެ ހެކި
- ޓީ.އޯ.އަރ.ގެ ފޯމް 3: ވަރކް ޝެޑިއުލް، މަސައްކަތް ނިންމުމަށް ރާވާފައިވާ ގޮތް
- ރިފަރެންސް (ހުރިނަމަ)
- ހުށަހަޅާ ފަރާތުން އަމިއްލައަށް ކުރަހާފައިވާ ދިރޭތަކެތީގެ ނަސްލުގެ ނުވަތަ ދޫންޏެއްގެ އަސްލާއެއްގޮތް ފެންވަރު ރަނގަޅު ކުރެހުމެއް
ބީލަން ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2018 އެޕްރީލް 1 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
ބީލަން ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (4/93)ގެ ދަށުން ޙިމާޔަތް ކުރެވިފައިވާ ދޫނިތައް ކުރަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރު: IUL)438-ENV/438/2018/113)
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.