މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް ކަނޑައެޅުން

 މި އޮތޯރިޓީން 21 މާރިޗު 2018 ގައި ކޮށްފައިވާ ނަންބަރު IUL)202-L/1/2018/25) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ. ކުރިއަށް އޮތް ހަފުތާއަކީ ސްކޫލުތައް ބަންދު ހަފުތާއަކަށް ވުމާއެކު، ވިޔަފާރިވެރިންނަށް ތައްޔާރުވުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން، މާލެތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދާ އެއްގަމު އުޅަނދުގައި އުފުލުމަށް ވަކި ގަޑިތަކެއް ކަނޑައަޅައި މަތީގައި ޙަވާލާދީފައިވާ އިޢުލާނަށް ޢަމަލުކުރަން ފަށާ ތާރީޚަކީ 2018 އޭޕްރިލް 01 ވާ އާދީއްތަ ދުވަސް ކަމުގައި ކަނޑައަޅައި، މިކަން ޢާއްމުކޮށް އިޢުލާނު ކުރީމެވެ.

07 ރަޖަބު  1439

24 މާރިޗު  2018

 

ދިވެހިސަރުކާރުގެ ގެޒެޓް

  މާލެ، ދިވެހިރާއްޖެ

24 މާރިޗު 2018
ހޯދާ