ދިވެހިރާއްޖެ
އިޢުލާން
ސެޓްފިކެޓް 1 އިން ފިޓްނަސް އިންސްޓްރަކްޓަރ ޓްރެއިނިންގ (އެމް.ކިޔޫ.އޭ އެޕްރޫވްޑް) ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާ ގުޅޭ
ތިރީގައި އެވަނީ މިއިންސްޓިޓިއުޓުން 10 އެޕްރީލް 2018 ގައިފެށުމަށް ހަމަޖެހިފައިވާ ސެޓްފިކެޓް 1 އިން ފިޓްނަސް އިންސްޓްރަކްޓަރ ޓްރެއިނިންގ ކޯހާއިގުޅޭ މަޢުލޫމާތެވެ.
މި ކޯހުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ. ފޯމުބަލައިގަތުމަށް ހަމަޖެހިފައި ވަނީ 02 އެޕްރީލް 2018 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިންފެށިގެން 14:00 އާ ހަމައަށެވެ.
ކޯހަށް އެދޭ ފޯމު މިއިންސްޓިޓިއުޓުންނާއި (ހ. ބޯޅަގެ)، އަދި www.youth.gov.mv މި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު 3326986 މިނަމްބަރަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
| ކޯހުގެ ނަން: ސެޓްފިކެޓް 1 އިން ފިޓްނަސް އިންސްޓްރަކްޓަރ ޓްރެއިނިންގ (އެމް.ކިޔޫ.އޭ އެޕްރޫވްޑް) | ||
| މުއްދަތު: 05 ހަފްތާ | ޖާގަ:25 | ކޯހުގެ ފީ: ހިލޭ | 
| ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް / ކ.މާލެ | ||
| ކޯހަށްވަނުމަށްބޭނުންވާއެންމެދަށްމިންގަނޑު: ހ- އުމުރުން 16 އަހަރު ފުރިފައި ވުމާއެކު ބޭސިކް އެޑިއުކޭޝަން (ގްރޭޑް 7) ފުރިހަމަކޮށްފައިވުން | ||
04 ރަޖަބު 1439
 
                    