ދިވެހިރާއްޖެ
އިޢުލާން
ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަގޯތިތަކުގެ ތެރެއިން އެއްވެސް މަސައްކަތެއްނުކޮށް ހުރި ގޯތިތަކާއި ގުޅޭ
ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ބަދަލު ނުދައްކައި، ސާފުކޮށްބަލަހައްޓަމުން ނުދާ އަދި ދިރިއުޅުމަށް ގޯތީގައި އެއްވެސް މަސައްކަތެއް ނުކޮށް ހުރި ގޯތިތައް މިކައުންސިލުން ބެލިބެލުމުންވަނީ ފާހަގަކުރެވިފައެވެ. އަދި މިކަމުގެ ސަބަބުން ގޯތި ދިނުމަށް ހުއްދަދޭ ގޯތީގެ ޢަދަދު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ އިން ވަނީ މަދުކޮށްފައެވެ. ވީމާ ތިރީގައި މިބަޔާންކުރާ ގޯތި ތައް ހަވާލުކުރެވިފައިވާ ފަރާތްތައް 1 މަސް ދުވަސް ތެރޭގައި ގޯއްޗާއި މެދު އަމަލުކުރާނެ ވަކި ގޮތެއް މިކައުންސިލައް އަންގަވައިދެއްވުން އެދެމެވެ. މި މުއްދަތުގައި ލިޔުމަކުން ވަކިއެއްޗެއް ނާންގާ ފަރާތްތަކުގެ ގޯތި ތައް މިކައުންސިލުން އަލުން އެހެންފަރާތްތަކަށް ދޫކުރާނެ ކަމުގައި ދަންނަވަމެވެ. އަދި ދެން އެފަރާތްތަކަށް ގޯތި ލިބޭނީ އަލުން މިކައުންސިލައް ގޯއްޗައް އެދި ހުށައެޅުމުންނެވެ.
# |
ނަން |
އެޑްރެސް |
ގޯތި ދޫކުރެވުނު ތާރީޚް |
1 |
ޢާއިޝަތު އަބްދުއްނާސިރު |
ހަނދުވާރާސްތާ / ހދ.ކުމުންދޫ |
27 ނޮވެމްބަރ 2010 |
2 |
ސުވޭދާ ޙުސެއިން |
މުރިނގު / ހދ.ކުމުންދޫ |
27 ނޮވެމްބަރ 2010 |
3 |
އިބްރާހިމް އަބްދުއްރަހީމް |
ގަހާ / ހދ.ކުމުންދޫ |
27 ނޮވެމްބަރ 2010 |
4 |
ޙަލީމަތު ސައުދިއްޔާ |
އިކްލީލްހައުސް / ހދ.ކުމުންދޫ |
27 ނޮވެމްބަރ 2010 |
5 |
އިބްރާހިމް ފާރޫޤު |
ލޮނުމިދިލިމާގެ / ހދ.ކުމުންދޫ |
27 ނޮވެމްބަރ 2010 |
6 |
އާމިނަތު މުޙައްމަދު |
ވައިމަތީގެ / ހދ.ކުމުންދޫ |
27 ނޮވެމްބަރ 2010 |
7 |
މަރްޔަމް މުޙައްމަދު |
ވައިމަތީގެ / ހދ.ކުމުންދޫ |
27 ނޮވެމްބަރ 2010 |
މަތީގައި ބަޔާން ކުރެވުނު ފަރާތްތަކަށް ދޫކޮށްފައިވާ ގޯތިތަކަކީ ގޯތީގައިހުރި ރުއްގަހުގެ ބަދަލު ނުދައްކާ ސާފު ނުކޮށް ހުރި ފަރާތްތަކެވެ. މީގެ އިތުރުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތައް ސާފުކޮށް އެގޯއްޗެއްގެ މަގުފަޅި ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް މިކައުންސިލުން އިލްތިމާސް ކުރަމެވެ. އަދި މިފަދަ ގޯތި ތައް ސާފުކޮށް، އެގޯއްޗާއި އިންވެގެން އޮންނަ މަގުފަޅި ޤަވާޢިދުން ސާފުކޮށް ބަލަހައްޓަމުން ނުދާނަމަ އެފަދަ ގޯތި ތައްވެސް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރގެ ލަފާގެ މަތިން އެފަރާތްތަކުން ނެގުމަށްފަހު ގޯތިބޭނުންވާ އެހެންފަރާތްތަކަށް ދޫކުރެވޭނެއެވެ.
ވީމާ ، މިކަން ޢާއްމުކޮށް އިޢުލާންކުރަމެވެ.