އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންފުށީ ކައުންސިލުން ފޯރުކޮށްދޭ ކާޑުގެ ބާވަތްތައް ގަނެގެންގެނަސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ފެންފުށީ ކައުންސިލުން ފޯރުކޮށްދޭ ކާޑުގެ ބާވަތްތައް ގަނެގެންގެނަސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ފެންފުށީ ކައުންސިލުން ފޯރުކޮށްދޭ ކާޑުގެ ބާވަތްތައް ގަނެގެންގެނަސްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަމްބަރު     (IUL)355-ESMS/INDIV/2018/12   އިއުލާނާއި ގުޅިގެން އެއްވެސްފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާތިލް ކުރުމަށްފަހު އަލުން މި މަސައްކަތް ކުރުމަށް އިޢުލާން ކުރީމެވެ.

 

މިކައުންސިލްގެ ފަރާތުން، ފެންފުށީ ރައްޔިތުންނަށް ފޯރުކޮށްދެމުންގެންދާ ކާޑުގެ ބާވަތްތައް  STO އިން ހޯލްސޭލްކޮށް ލިބެންހުންނަ އަގަށް މާލެ މަޖޫރީ އަދި ނާލު ހިމެނޭގޮތަށް ގަނެގެން ފެންފުއްޓަށް ގެނަސްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 އެޕްރީލް 2018ވާ އަންގާރަ ދުވަހު 13:30އަށް އަގުބަޔާންކޮށް ސިޓީ ހިއްޕަވައިގެން އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުންއެދެމެވެ.

އަދި ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

1-      ފުރިހަމަނަން:

2-      ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ:

3-      މާލެ މަޖޫރީ އަދި ނާލު އަގު:

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.

22 މާރިޗު 2018
ހޯދާ