ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. މަގޫދޫ ރައްޔިތުންގެ ޕާމްރެސްޓް ޢިމާރާޓުގެ ނުނިމިހުރި މަސައްކަތްތައް ކުރުން

ނަމްބަރ:372-B2/2018/15

އިޢުލާން

ފ. މަގޫދޫ ޕާމްރެސްޓް ޢިމާރާތުގެ ( އުތުރުފަރާތު ބުލޮކްގެ) ނުނިމިހުރި މަސައްކަތްތަކުގެ އަންދާސީ ހިސާބުހޯދުމާ ގުޅޭ   

            ފ.މަގޫދޫ ރައްޔިތުންގެ ޕާމްރެސްޓް ޢިމާރާތުގެ (އުތުރުފަރާތު ބުލޮކްގެ) ނުނިމިހުރި މަސައްކަތްތަކުގެ އަދާސީ ހިސާބެއް ހޯދުމަށްކުރި 372-B2/2017/35 ނަމްބަރ އިޢުލާނުގައި ބައެއް މަސައްކަތްތަށް ހިމެނިފައި  ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

  

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށައެޅުން

ފ. މަގޫދޫ ކައުންސިލް ޢިދާރާގައި

މަޢުލޫމާތު ސާފްކުރުން

2018 މާރޗް 29 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި

އަންދާސީ ހިސާބު ހުށައެޅުން

2018 އޭޕްރީލް 09 ވާ ހޯމަ ދުވަހުގެ 13:30 ގައި

ބިޑްފޮތްވިއްކުން

2018 މާރޗް 22 ވަނަދުވަހުން ފެށިގެން. ފޮތެއް -/150ރ އަށް

        

            މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ވެވޭނީ ބިޑްފޮތް ބައްލަވައިގަންނަ ފަރާތްތަކަށެވެ. ކުރީގެ އިޢުލާނާގުޅިގެން ބިޑްފޮތް ގަނެފައިވާ ފަރާތްތަކަށް އަގަކާ ނުލާ ބިޑްފޮތް މިކައުންސިލުން ލިބެންހުންނާނެއެވެ.  މަޢުލޫމާތު ސާފްނުކުރާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، ގަޑި ޖެހިގެން ހުށައަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ފ. މަގޫދޫ ޕާމްރެސްޓް ޢިމާރާތުގެ (އުތުރުފަރާތު ބުލޮކްގެ) ނުނިމިހުރި މަސައްކަތްތަކުގެ އަންދާސީ ހިސާބުހޯދުމާ ގުޅޭ. " މިހެން ލިޔެފައި އޮންނަންވާނެއެވެ.

            އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

                                   04 ރަޖަބް 1439

                                 21 މާރޗް 2018

21 މާރިޗު 2018
ހޯދާ