ދިވެހިރާއްޖެ
އިއުލާނުގެ އިސްލާހު
ފ. ބިލެތްދޫގައި ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުމާއި ބެހޭ
ފ. ބިލެތްދޫ ސްޕޯޓްސް އެރީނާ ސަރަހައްދާއި އަދި ޒުވާނުންގެ މަރުކަޒު ސަރަހައްދުގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް، އަމިއްލަ ތަކެތީގައި ގާއިމުކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށްޓަކައި ހުޅުވާލެވިފައިވާ މި މިނިސްޓްރީގެ ނަންބަރު IUL)438-WS/438/2018/83) އިޢުލާނާއި ގުޅިގެން ދަންނަވަމެވެ.
ޕްރީ ބިޑް ބައްދަލުވުމަށް ގެނެވުނު ބަދަލު
މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 25 މާރިޗު 2018 ވާ އާދީއްތަ ދުވަހުގެ ހެނދުނު 1330 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ. އަދި ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައި ނުގަނެވޭނެކަން ދަންނަވަމެވެ.
ބީލަން ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2018 އެޕްރީލް 4 ވާ ބުދަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
ފ. ބިލެތްދޫގައި ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢު އިޢުލާނު ނަންބަރު: IUL)438-WS/438/2018/110)
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.