މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
"ދިރޭތަކެތީގެ ނަސްލުތަކާއިބެހޭ ހަވަނަ ރިޕޯޓް" ތައްޔާރުކުރުމަށް ކޮންސަލްޓަންޓެއް ހޯދުމާބެހޭ

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

މި މިނިސްޓްރީއިން 18 މާރިޗު 2018ގައި ނެރުނު ނަންބަރު IUL)438-ENV/438/2018/92)  އިޢުލާނުގެ އިވެލުއޭޝަން ކްރައިޓީރިއާ އަށް ގެނެވުނު ބަދަލެއްގެ ސަބަބުން އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

ދިވެހިރާއްޖެއިން ބައިވެރިވެރިވެފައިވާ މުޢާޙަދާއެއްކަމަށްވާ "ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ" ގެ ދަށުން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ ހިލޭ އެހީއާއިއެކު ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ "ދިރޭތަކެތީގެ ނަސްލުތަކާއިބެހޭ ހަވަނަ ރިޕޯޓް" ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

މި މިސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 29 މާރިޗު 2018 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ޕްރޮޕޯސަލް ތިރީގައިވާ އެޑްރެހަށް  ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ހުށައެޅުއްވުން އެދެމެވެ. އަދި ޕްރޮޕޯސަލްތައް ހުޅުވާނީ 29 މާރިޗު 2018 ވަނަ ދުވަހުގެ 13:00 ޖަހާ އިރު އެ މީޓިންގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންގެ ކުރިމަތީގައެވެ.

 

ޕްރޮޕޯސަލް ހުށަހަޅަންޖެހޭ އެޑްރެސް:

ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައި ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

“Local Consultant for the preparation of the 6th National Report on Biodiversity, Maldives”

ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv

 

20 މާރިޗު 2018
ހޯދާ