ދިވެހިރާއްޖެ
ތިލަދުއްމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރެޓް ކޯޓު
ހއ.ދިއްދޫ،
ދިވެހިރާއްޖެ.
ނަންބަރު: A-10-MC/2018/02
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިކޯޓްގައި މިހާރު ބޭނުންކުރަމުންގެންދާ ދެފާޚާނާ މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 މާރިޗު 2018ވާ އަންގާރަ ދުވަހުގެ 14:00އަށް މިކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 05 އެޕްރީލް 2018ވާ ބުރާސްފަތި ދުވަހުގެ 14:00އަށް އަންދާސީ ހިސާބު މިކޯޓަށް ހުށަހެޅުންވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި "ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓްގެ ފާޚާނާ މަރާމާތުކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ކުންފުންޏަކުން ހުށަހަޅުއްވާނަމަ ރަޖިސްޓްރީގެ ކޮޕީހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމަތު ސާފުކުރެއްވުމަށް މިކޯޓްގެ ނަންބަރ 6500590 ފޯނަށް ގުޅުންވުން އެދެމެވެ.
މިއިޢުލާނުނެރުމާއިއެކު މިކޯޓްގެ ނަންބަރ A-10-MC/2018/01 އިޢުލާން ވަނީ ބާޠިލްވެފައެވެ.