މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޖުތިމާޢީ ޝަރަޙައްދު ތައް ކުނިކަހާ ސާފުކޮށް ބަލަހައްޓައި ދޭނެފަރާތެއް/ ފަރާތް ތަކެއް ހޯދަންބޭނުންވެއްޖެ .
އިޢުލާން
އިޖުތިމާޢީ ޝަރަޙައްދު ތައް ކުނިކަހާ ސާފުކޮށް ބަލަހައްޓައި ދޭނެފަރާތެއް/ ފަރާތް ތަކެއް ހޯދަންބޭނުންވެއްޖެ .
މިރަށު އިޖުތިމާޢީ ސަރަޙައްދު ތައް މަދުވެގެން މަހަކު އެއްފަހަރު ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެއެވެ. ސަރަޙައްދު ބެހިފައިވަނީ ހަތަރު ސަރަޙައްދަކަށެވެ.
ވީމާ، ، މި ހަތަރު ސަރަޙައްދު ކުނިކަހާ ސާފު ކޮށްދިނުމަށް ޝައުޤުވެރިވެ ލައްވާ ފަރާތް ތަކުން 2018 މާރިޗު 25 ވަނަ ދުވަހުގެ 11.00 ށް އަލިފުށީ ޤުރުއާނާއި ބެހޭ މަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 މާރިޗް 29 ވަނަ ދުވަހުގެ 11.00 ށް ކައުންސިލު ގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.
އަންދާސީ ހިސާބު ހުށައަޅުއްވަން ދުރުވާއިރު އަންދާސީ ހިސާބު ހުށައަޅުއްވާފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް އަންދާސީ ހިސާބާއި އެކު ހުށައަޅުއްވަންވާނެއެވެ. އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު އޮންނާނީ މަޢުލޫމާތު ސާފުކުރެއްވުމަށް ޙަޟިރުވި ފަރާތްތަކަށް އެކަނި ކަމުގައި ވެސް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ އަންދާސީ ހިސާބު ހުށައަޅުއްވާފަރާތުގެ ސިޓީއެއް ބަދަލުގައި ފޮނުއްވަވާ ފަރާތާއި ޙަވާލުކޮށް ފޮނުއްވައިދެއްވުމަށް ދަންނަވަމެވެ.
އަދި ދަންނަވަމެވެ. މަތީގައި ދެންނެވިފައިވާގޮތަށް އައިޑީކާޑުގެ ކޮޕީ ހުށަނާޅުއްވާފަރާތްތަކާއި ، ބަދަލުގައި ފޮނުއްވަވާ ފަރާތާއިއެކު ބަދަލުގައި ފޮނުއްވެވިކަމުގެ ސިޓީ ހުށަނާޅުއްވާފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތއްޓަކައި ދަންނަވަމެވެ.
މިހެންވެ މިކަންޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
02 ރަޖަބު 1439
19 މާރިޗް 2018
20 މާރިޗު 2018
ހޯދާ