އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގައި މަގު ބައްތި ޖެހުމަށް ބޭނުންވާ ލައިޓް، ކަރަންޓް ނަރު އަދި ދަގަނޑު ހޮޅި ވިއްކާނެ ފަރާތެއް ހޯދުން

މިރަށުގައި މަގު ބައްތި ޖެހުމަށް ބޭނުންވާ ލައިޓް، ކަރަންޓް ނަރު އަދި ދަގަނޑު ހޮޅި ވިއްކާނެ ފަރާތެއް ހޯދުން

ފެންފުށީ މަގު ބައްތި ޖެހުމަށް ބޭނުންވާ ލައިޓް، ކަރަންޓް ނަރު އަދި ދަގަނޑު ހޮޅި ވިއްކާނެ ފަރާތެއް ހޯދަން ކުރެވުނު ނަމްބަރުIUL)355-ESMS/INDIV/2018/14   އިއުލާނުގައި އިވެލުއޭޓް ކުރާނެ ގޮތުގެ އުސޫލެއް ކަނޑައެޅިފައި ނުވާތީ އެ އިޢުލާން ބާތިލް ކުރުމަށްފަހު އަލުން މި ތަކެތި ވިއްކާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ.

 

މިކައުންސިލްގެ ފަރާތުން، މިރަށުގައި މަގު ބައްތި ޖެހުމަށް ބޭނުންވާ ލައިޓް، ނަރު އަދި ދަގަނޑު ހޮޅި ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ލައިޓް، ނަރު އަދި ހޮޅިގެ ތަފްސީލް

  1. ލައިޓްގެ ތަފްސީލް :  LED Flood street light    

50W

Luminous: Minimum5000LM

IP65 Waterproof

Working Lifetime (Hour) : >50000

Lamp Body Material: Aluminum

Beam Angle: 120 degree

Color: White

  • ބޭނުންވާ އަދަދު: 120 ލައިޓް
  1. ނަރުގެ ތަފްސީލް :   3 core 2.5mm Flexible Cable
  • ބޭނުންވާ އަދަދު:  7500 މީޓަރ ކޭބަލް ( ކޭބަލް ރޯލެއް 100 މީޓަރ އައްވުރެއް ކުރުވެގެން ނުވާނެއެވެ.)
  1. ދަގަނޑު ހޮޅި: GI Pipe
  • ބޭނުންވާ އަދަދު: 3 އިންޗީގެ 40 ހޮޅި ،

1.5 އިންޗީގެ 55 ހޮޅި    (ކޮންމެ ހޮޅިއެއްގެ 2 ކޮޅުން 2 ފޫޓް °65 (ފަސްދޮޅަސް ފަސް ޑިގްރީ) ގެ ދަރަޖަ އަށް ލަބަންވާނެއެވެ.

މާކްސް ދިނުމުގައި ބަލާނެ މިންގަނޑު:

      ހުށަހަޅާ އަގު: %80

            ހުށަހެޅުނު އެންމެ ކުޑަ އަގު ÷ ހުށައެޅި އަގު × 80

      މަސައްކަތް ހަވާލު ކުރާ ދުވަހުން ފެށިގެން ތަކެތި ފޯރުކޮށްދިނުމަށް ހުށަހަޅާ މުއްދަތު: %20

            ހުށަހެޅުނު އެންމެ ކުޑަ މުއްދަތު ÷ ހުށަހެޅި މުއްދަތު × 20

            ވީމާ މިތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 މާރިޗް 2018 ވާ އަންގާރަ  ދުވަހުގެ 13:00 އަށް މިކައުންސިލްގެ އިދާރާގެ މީޓިންރޫމަށް ހާޟިރުވެ ނުވަތަ މިކައުންސިލްގެ އީމައިލް އަށް (([email protected] / [email protected] މިތަކެތި ވިއްކޭނެ އަގު ބަޔާންކޮށް ލިޔުމެއް ހުށައެޅުން އެދެމެވެ.  އަދި ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

20 މާރިޗު 2018
ހޯދާ