މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހި ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ލޯންޑްރީ އެސިސްޓެންޓް

ށ. ބިލެތްފަހީ ސިއްޚީ މަރުކަޒު،  

      ބިލެތްފަހީ، 

     ދިވެހިރާއްޖެ

ވަޒީފާގެ ފުރުސަތު ނަންބަރު: C06-SM/IUL/2018/1
ތާރީޚް: 20 މާރިޗް 2018

މި މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް

ޝައުޤުވެރިކަން ހުރި ގާބިލް މީހެކެވެ.

މަގާމު

ލޯންޑްރީ އެސިސްޓެންޓް    

މަގާމުގެ ގިންތި

ދާއިމީ  

މަޤާމުގެ ނަމްބަރ: J-253587

ބޭނުންވާ ޢަދަދު

01

މަގާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: SS1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޝަން/ ސެކްޝަން

އެޑްމިނިސްޓްރޭޝަން އެންޑް ހިޔުމަން ރިސޯސް  

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ށ. ބިލެތްފަހީ ސިއްޚީ މަރުކަޒު / ށ. ބިލެތްފަހީ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- މަރުކަޒުގައި ބަލިމީހުން ބޭނުންކޮށްފައިހުންނަ ބެޑްޝީޓް ، ބާލީހު އުރަފަދަ ތަކެތި ދޮވެ އިސްތިރިކުރުން.

- ލޯންޑްރީ ކުނިކަހާ ފޮޅާ ސާފްކުރުން.   

- ސިއްޚީ މަރުކަޒުން އަންގާ ގޮތެއްގެ މަތިން ، މަރުކަޒުގެ އިމާރާތުގެ އެތެރެ ފޮޅާ ސާފްކުރުން.

- ސިއްޚީ މަރުކަޒުން އަންގާ ގޮތެއްގެ މަތިން ، ސިއްޚީ މަރުކަޒުގެ ފާޚާނާތައް ސާފްކޮށް ބެލެހެއްޓުން.

- ސިއްޚީ މަރުކަޒުގައި ބޭނުންކުރަމުންދާ ބެޑްޝީޓް އަދި ބާލީހުއުރަ ފަދަ ތަކެތި ފަހަންޖެހިއްޖެނަމަ އެ ތަކެތި ފެހުން.

- މަރުކަޒުން އަންގާ ގޮތެއްގެ މަތިން ޑިއުޓީކުރުން   

ތަޢުލީމާއި ތަޖުރިބާ

  1. ލިޔަންކިޔަން އެނގުން

ނޯޓް:

  ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގް   ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާއަކުން   ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ   ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން   ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި،   ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ   ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން   ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން   އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

  (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ   ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ   ކޮޕީ.

  (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ   ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

  (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި   މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ   އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި   މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ   ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

  ވަޒީފާއަށް އެދޭފޯމު ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:00 ން މެނދުރު ފަހު   14:00 ށް ށ. ބިލެތްފަހީ ސިއްޚީ މަރުކަޒުގެ އޮފީހުން ލިބިލައްވާނެއެވެ. މަޤާމަށް އެދި   ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 އޭޕްރީލް 2018 ވާ އާދިއްތަ ދުވަހު 14:00 ގެ   ކުރިން، ށ. ބިލެތްފަހީ ސިއްޚީ މަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި، ލިޔުންތައް   އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް   އެޑްރެހަކީ، [email protected]  އެވެ. ފެކްސް ނަމްބަރަކީ، 6540503   ކެވެ.

 އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

  މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 2018 އޭޕްރީލް މަސްނިމުމުގެ ކުރިން ށ.   ބިލެތްފަހީ ސިއްޚީ މަރުކަޒުގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ   ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން

  މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ،   ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވަ ފަރާތްތަކުގެ ތެރެއިން   އެންމެ މަތިން މާކުސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

  ޖުމްލަ އިންސައްތަ %25

އިތުރުމަޢުލޫމާތު

  މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6540503 މިނަންބަރަށް   ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. ފެކްސް ނަމްބަރަކީ، 6540503 އެވެ. އަދި އީ-މެއިލް   ކުރައްވާނަމަ  ކުރައްވާނީ [email protected]  އަށެވެ.  

 

03 ރަޖަބު 1439

20  މާރިޗް   2018

20 މާރިޗު 2018
ހޯދާ