އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ އިންޖީނުގެ ހުރިބިން ކުއްޔަށްދޫކުރުމާ ބެހޭ

މަހިބަދޫ ކުރީގެ ހުޅަނގު އިންޖީނުގެ ހުރި ބިން 10 އަހަރު ދުވަހަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރި ޢިއުލާނު ނަންބަރު:(IUL)350-SA/350/2017/71  އާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ، އެމުއްދަތު 20 އަހަރަށް ބަދަލުކޮށް އަލުން އިޢުލާނު ކުރަމެވެ. 

ވީމާ، މިކަމަށް ޝައުގުވެރިވާފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

    ބީލަން ފޮތް ދޫކުރުން 20 މާރިޗް 2018 ވާ އަންގާރަ ދުވަހުން 26 މާރިޗް 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އާދެމެދު ސަރުކާރު ބަންދުނޫން ކޮންމެދުވަހަކު ލިބެން ހުންނާނެއެވެ.

    މިކަމަށް އެދި ހުށައަޅާ ބީލަންތައް 29 މާރިޗް 2018 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން މިކައުންސިލް އަށް ހުށަހަޅަންވާނެއެވެ.

    ބިޑް ހުޅުވުން އޮންނާނީ 29 މާރިޗް 2018 ވާ ބުރާސްފަތި ދުވަހު 13:00 ގައި މިކައުންސިލްގެ އިދާރާއިންނެވެ.

    ބީލަން ފޮތް ނުވަތަ ބިޑް ފޮތެއްގެ އަގަކީ -/500 (ފައްސަތޭކަ) ރުފިޔާއެވެ.

 

ބީލަން ފޮތް ބައްލަވައިނުގަންނަ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި، ދެންނެވީމެވެ.

19 މާރިޗު 2018
ހޯދާ