ފެލިދެއަތޮޅު ރަކީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓާއި،ވޮލީކޯޓް އެޅުމާއި ބެހޭ

އިޢުލާން

ސްޕޯރޓްސް އެރީނާގެ މަޝްރުޢުގެ ދަށުން ވ.ރަކިދޫގައި ވޮލީކޯޓަކާއި،ބަށިކޯޓެއް އެޅުމާއި ގުޅޭ

    ސަރުކާރުގެ ސްޕޯރޓްސް އެރީނާގެ މަޝްރޫޢުގެ ދަށުން ފެލިދެއަތޮލޫ ރަކިދޫގައި ޤާއިމްކުރުމަށް

ހަމަޖެހިފައިވާ ވޮލީކޯޓާއި،ބަށިކޯޓް އެޅުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

    މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 މާރިޗް 2018 ވާ 

ހޯމަ ދުވަހުގެ 13:00 އަށް މި އިދަރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަދި މިކަމަށް

ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 މާރިޗް 2018 ވާ ބުދަ ދުވަހު 11:30 އަށް މިއިދާރައަށް ވަޑައިގެން އަންދާސީ

ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

    މަޢުލޫމާތު ސާފުކުރުމަށް ވަޑއިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނޭވޭނެ ވާހަކަ މަޢުލޫމާ

ތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާ

ނަމަ ބަދަލުގައި ފޮނުއްވިފަރާތެއްކަން އެނގޭފަދަ ލިޔުމެއް ފޮނުއްވުމަށް ދަންނަވަމެވެ. މިމަސައްކަތަށް އަންދާސީ ހިސާބު

ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ (ޤާނޫނު ނަންބަރު08/2014) ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ

ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ (ޤާނޫނު ނަންބަރު 19/2014) ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ

ފަރާތަކަށެވެ.

         މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

         02 ރަޖަބު 1439

         19 މާރިޗް 2018

19 މާރިޗު 2018
ހޯދާ