ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އިހަވަންދޫ '' ނޫރާނީވިލާ '' ކިޔާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީއާއިބެހޭ މަޢުލޫމާތު ސާފުކުރުން

`

 

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

ހއ. އިހަވަންދޫ 

 ދިވެހިރާއްޖެ                                                              

                             ނަމްބަރ: (IUL)248-CAA/248/2018/17

 

އިޢުލާން

 

ހއ. އިހަވަންދޫ '' ނޫރާނީވިލާ '' ކިޔާ ބަންޑާރަ ގޯތީގެ

ރަޖިސްޓްރީއާއިބެހޭ މަޢުލޫމާތު ސާފުކުރުން"

 

ހއ. އިހަވަންދޫ ނޫރާނީގެ ޙައްވާ އިބްރާހީމަށް މި އިދާރާއިން ދޫކުރެވިފައިވާ ނަމްބަރު (D)A-248/2011/06 ( 02 މާރިޗް 2011 ) ގެ '' ނޫރާނީވިލާ '' ގޯތީގެ ރަޖިސްޓްރީ ގެއްލިގެން އަލުން އެރަޖިސްޓްރީ ހަދައި ދިނުމަށް އެފަރާތުން ވަނީ އެދިފައެވެ. އެހެން ކަމުން މި ގޯތީގެ ރަޖިސްޓްރީއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ނުވަތަ އެއްވެސް ޝަކުވާއެއް ވާ ފަރާތެއް ވާނަމަ އެކަން 29 މާރިޗް 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން މި އިދާރާއަށް އަންގަވައި ދެއްވުން އެދި ދެންނެވީމެވެ.

 

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

01 ރަޖަބު 1439

18 މާރިޗް 2018

 

 

 

18 މާރިޗު 2018
ހޯދާ