ދިވެހިރާއްޖެ
ނަމްބަރު: IUL)434-PRC/434/2018/18)
އިޢުލާން |
|||
އަންދާސީ ހިސާބު ބޭނުންވެއްޖެ: މި އެޖެންސީގެ ދަށުން ސ. ހިތަދޫގައި ހިންގާ ކޮމިއުނިޓީ ސަރވިސް ސެންޓަރަށް ތިރީގައިވާ ތަކެތި 1 (އެކެއް) އަހަރު ދުވަހަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން ކުރެވުނު ނަމްބަރު IUL)434-PRC/1/2018/13) (ތާރީޙް: 13 މާރިޗް 2018) އިޢުލާނަށް މައުލޫމާތު ސާފުކުރެއްވުމަށް އެއްވެސް ފަރާތަކުން ވަޑައިގަންފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި ސ. ހިތަދޫ ގައި ހުންނަ ކޮމިއުނިޓީ ސަރވިސް ސެންޓަރަށް ( ހަވާއީ – ސ.ހިތަދޫ ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.
|
|||
|
ތާރީޙް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
21 މާރިޗު 2018 |
ބުދަ |
11:00 (މެންދުރުކުރި) |
އަންދާސީހިސާބު ހުށަހެޅުއްވުން |
27 މާރިޗު 2018 |
އަންގާރަ |
11:00 (މެންދުރުކުރި) |
|