ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުން

`

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ                        

ހއ.އުލިގަން،ދިވެހިރާއްޖެ                                                                                                                        

ނަމްބަރ: IUL) 245/245/2018/11)

 

އިޢުލާން

އަންދާސީ ހިސާބު ހޯދުން

ހއ.އުލިގަމުގައި އަލަށް މީހުން އާބާދު ވަމުންދާ ސަރަހައްދުގެ މަގުތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ހޮޅިދަނޑި ކައުންސިލުން ދޭ ނަމޫނާއާ އެއްގޮތައް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުން މިކައުންސިލްގެ ނަންބަރ: IUL)245/245/2018/05)އ( 27 ފެބުރުއަރީ 2018 ) އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެއިއުލާން ބާތިލްކޮށް އަލުން އެމަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.

        ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

        އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 29 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކާއި ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ އައިޑީ.ކާޑުގެ އަސްލާއެކު ސިޓީއެއް ހިފައިގެން ހާޟިރުވުން އެދެމެވެ. 

        މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ރަޖަބު 1439

18 މާރޗް 2018

18 މާރިޗު 2018
ހޯދާ