ދިވެހިރާއްޖެ
މަޤާމް :ރިލީފް ޓީޗަރ | |
---|---|
ބޭނުންވާ އަދަދު :2 | |
f
އަރިއަތޮޅު ދެކުނުބުރީ މަންދޫ ސުކޫލްSouth Ari Atoll Mandhoo School
މަންދޫ Mandhoo
ދިވެހިރާއްޖެRepublic of Maldives
ނަންބަރ:GS156/2018/13
ތާރީޙް: 15 މާރިޗް 2018
މުވައްޒަފުން ބޭނުންވެއްޖެ |
ވަޒީފާގެ ފުރުސަތު
މަޤާމް |
ރިލީފް ޓީޗަރ |
|
ބޭނުންވާ އަދަދު |
2 |
|
ކުލެސިފިކޭޝަން |
ޓީޗިން ސާރވިސް އޮފިސަރ ގުރޭޑް 1 |
|
މަޤާމުގެ ގިންތި |
ކޮންޓްރެކްޓް |
ރޭންކް: |
އޮފީސް |
އދ. މަންދޫ ސްކޫލް |
|
މުސާރަ/މުއްދަތު |
4500ރ އާއި 5500 ރ އާއި ދެމެދު |
|
ސަރވިސް އެލަވަންސް |
1500ރ. |
|
ފެންވަރު ނުވަތަ ޝަރުތު |
1- އެލްކޭޖީ އިން 07 އާއި ދެމެދުގެ ކުލާސްތަކަށް އިގިރޭސި މީޑިޔަމަށް ކިޔަވައިދެވޭނޭ ފެންވަރު އިގިރޭސިބަހުން ހުރުން 2- އިގިރޭސިބަހުން ވާހަކަދެއްކުމާއި ކޮންޕިއުޓަރުން ލިޔެކިޔުމުގެ މަސައްކަތް ކުރަންއެގުން 1. ގިނަވަގުތު މަސައްކަތުގައި އުޅެވޭނޭ ހީވާގި ފަރާތެއްކަމުގައިވުމާއި 2018 ވަނަ އަހަރުގެ ތައުލީމީ އަހަރު ނިމެންދެން ވަޒީފާގައި ދެމިހުރެވޭނޭ ފަރާތެއްކަމުގައިވުން |
|
މި ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް |
1. ލެސަން ޕުލޭން ތައްޔާރު ކުރުމާއި ސްޕަވައިޒަރުން އަންގަވައި ޤަވާއިދެއްގެ މަތިން އެބޭފުޅެއް ލައްވައި ޗެކްކުރުން 2. ވަކިވަކި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބަލައި ކިޔަވައިދިނުން އެއާއެއްގޮތަށް ބައްޓަންކޮށް މުޤައްރަރުގައިވާ ބައިތައް ޙާސިލް ކުރުން 3. މުޅި އަހަރުގެ މުޤައްރަރު ދެޓާމަށް ބަހައި ސްކީމް ތައްޔާރު ކުރުން 4. އެކަށީގެންވާފަދަ ކިޔެވުމުގެ މާހައުލެއް ޤާއިމް ކުރުން 5. ކިޔަވައި ދެއްވާ ފިލާވަޅާއި ގުޅޭ ކިޔަވައި ދިނުމުގެ އެހީ ތައްޔާރުކުރުމާއި ބޭނުން ކުރުން 6. ސްކޫލުން ރާއްވާ އެކިއެކި ހަރަކާތްތަކުގައި ސްކޫލް ކުދިންނަށް އެހީތެރިވުން 7. އިސްލާމް، ޤުރުއާން، ދިވެހި، ޕީއީ އަދި ޕީއޭ ފިޔަވައި އެހެން މާއްދާތައް ކިޔަވައި ދެއްވާ ގަޑިތަކުގައި ވީހާވެސް ބޮޑަށް ދަރިވަރުން އިނގިރޭސިބަހުން ވާހަކަ ދެއްކުމަށް ބާރުއެޅުން 8. ކިޔަވައި ދެއްވާ މާއްދާތަކަށް ދަށްކުދިން ފާހަގަ ކުރައްވައި ރިމީޑިއަލް / އެންރިޗްމެންޓް ކްލާސް ނެންގެވުން |
އިންޓަރވިއު އޮންނާނެ ތަނާއި ތާރީޙް |
އިންޓަރވިއު އޮންނާނެތަނާއި، އިންޓަރވިއު ބޭއްވޭނޭ ތާރީޙް މި ވަޒީފާއަށް އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކަށް ވަގުތުއޮއްވައި އެންގޭނެއެވެ. |
ހުށައަޅަންޖެހޭ ލިޔުންތައް
|
1) ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯރމް 2) ލިބިފައިވާ ތައުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ (އަސްލާއި އެތްގޮތް ލިޔުމެއްކަމަށް ތައްގަނޑު ޖަހާފައި / އެޓެސްޓް ކުރެވިފައިވާ ކޮޕީކަމުގައި ވުން 3) ވަޒީފާއަށްއެދޭ ފަރާތްތަކުގެ ވަނަވަރު (ސީ، ވީ) 4) ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 5) ސިވިލްސަރވިސްގައި މަސައްކަތްކުރައްވާ މުވައްޒަފެއްނަމަ " މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ޙާޟިރީ އަދި މަސައްކަތުގެ އުޅުމާއި އަޙުލާޤު ހުރިގޮތް ބަޔާންކުރާ ލިޔުން " 6) ސިވިލް ސަރވިސް އަށް/ ސަރުކާރަށްހިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 7) ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނެ ލިޔުމެއް ( އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ)
|
ސުންގަޑި |
26 މާރިޗް 2018 ހޯމަ ދުވަހުގެ 12:00ގެކުރިން އދ.މަންދޫ ސުކޫލަށް ހުށައެޅުން ވުންއެދެމެވެ. |
އިތުރު މަޢުލޫމާތު |
1. މައުލޫމާތު ފުރިހަމަނުވާ ފޯރމާއި ލިޔުންތައް ބަލައި ނުގަނެވޭނޭ ވާހަކަ ދަންނަވަމެވެ. ސިވިލްސަރވިސްގެ ވަޒީފާއަށްއެދޭ ފޯރމް މިސްކޫލްއިން ލިބެން ހުންނާނެއެވެ. އަދި މިފޯރމް ސިވިލްސަރވިސް ކޮމިޝަންގެ ސައިޓުން WWW.CSC.GOV.MV ން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި ސިވިލްސަރވިސްގެ ވަޒީފާއަށްއެދޭ ފޯރމް މި މަދަރުސާއިން ވެސް ލިބެން ހުންނާނެއެވެ. 2. މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ 7949320 ނަންބަރު ފޯނާއެވެ.
|
27 ޖުމާދުލްއާޚިރު 1439
15 މާރިޗް 2018
ސިރިނިވަސަމް އާނަންދަން
ޕުރިންސިޕަލް