ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް 1.5ޓަނުގެ ޕިކަޕެއް ގަންނަން ބޭނުންވެއްޖެ.

ނަންބަރ: (IUL)468-U01/468/2018/6

ވެހިކަލެއް ގަންނަން ބޭނުންވެއްޖެ. 

 

           މިއިދާރާ އަށް 1.5 ޓަނުގެ ޕިކަޕެއް  ގަންނަން ބޭނުންވެގެން  ޕިކަޕް  ސަޕްލައި  ކޮށްދޭނެ ފަރާތެއް  ހޯދުމަށް  ކުރެވުނު  ނަންބަރު  (IUL)468-U01/468/2018/3އިޢްލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރި ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެއިޢްލާން ބާޠިލްކޮށް ޕިކަޕް ވިއްކުމަށް ބޭނުންވާ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރު މިއިދާރާއިން ކުރި  (IUL)468-U01/468/2018/6 އިޢްލާނާއި ގުޅިގެން ލިބުނު އަންދާސީ ހިސާބުގެ ބައެއް ލިއުންތައް ފުރިހަމަ ނުވާތީ އާއި، އަދި އެކަށީގެންވާ މިންވަރަކަށް އަންދާސީ ހިސާބުތައް ލިބިފައިނުވާތީ ، މިއިދާރާ އަށް ޕިކަޕެއް ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ އަލުން އިޢްލާން ކުރަމެވެ.

           ވީމާ ޕިކަޕު ސަޕްލައި ކޮށްދޭން ބޭނުންވާ ފަރާތްތަކުން 22 މާރިޗް  2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާ އަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 01 އޭޕްރީލް  2018 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

           އަދި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

           27  ޖުމާދަލްއާޚިރާ  1439  

           15   މާރިޗް     2018

15 މާރިޗު 2018
ހޯދާ