ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްކައްކާ ހިއްކުމާއި، މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ވިޔަފާރި އުސޫލުން ބިމެއް ކުއްޔަށް ހިފުމުގެ ފުރުޞަތު ހުޅުވާލުން

މަސްކައްކާ ހިއްކުމާއި، މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ވިޔަފާރި އުސޫލުން ބިމެއް ކުއްޔަށް ހިފުމުގެ ފުރުޞަތު ހުޅުވާލުން

 

މަސްކައްކާ ހިއްކުމާއި، މަސްވެރިކަމާއި ގުޅުންހުރި އެހެނިހެން މަސައްކަތަށް ގދ.މަޑަވެލީ އުތުރުކޮޅުން 5000 އަކަފޫޓްގެ (R2016-374 ނަމްބަރު ބިން) ވިޔަފާރި އުޞޫލުން 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމުގެ ފުރުޞަތު މިވަނީ ހުޅުވާލެވިފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ތާރީޚުގައި ގަޑިއަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ.

 

ތަން

ވަގުތު

ދުވަސް

ތާރީޚް

 

ގދ. މަޑަވެލި ކައުންސިލްގެ މީޓިން ރޫމް

10:00

ބުރާސްފަތި

22 މާރިޗް 2018

މަޢުލޫމާތު ސާފުކުރުން

10:00

ބުރާސްފަތި

29 މާރިޗް 2018

ބީލަން ހުށަހެޅުން

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު: 6840006 ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

15 މާރިޗު 2018
ހޯދާ