ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެއްވަދޫ ކައުންސިލްގެ އިދާރާއަށް ޕިކަޕެއް ގަތުމާއިބެހޭ

އިޢުލާން

 

ދެއްވަދޫ ކައުންސިލްގެ އިދާރާއަށް ޕިކަޕެއް ގަތުމާއިބެހޭ

 

          ގއ.ދެއްވަދޫ ކައުންސިލްގެ އިދާރާ  އަށް ޕިކަޕެއް ގަނެދޭނެ  ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ: 411-B/IUL/2018/3 (14 ޖަނަވަރީ 2018) އަދި 411-B/IUL/2018/7 (15 ފެބްރުވަރީ 2018) އިޢުލާނާއި ގުޅިން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށައަޅާފައިނުވާތީ މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ މިއިދާރާއަށް ޕިކަޕް ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 މާރިޗް 2018ވާ އަންގާރަ ދުވަހުގެ ހެނދުނު 11.00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ފަހު 26 މާރިޗް 2018ވާ ހޯމަ ދުވަހުގެ ހެނދުނު 11.00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ދެއްވަދޫ ކައުންސިލްގެ އިދާރާއަށް ޕިކަޕެއް ގަތުމާއިބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.  

މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                               26 ޖުމާދަލްއާޚިރު 1439

                                 14 މާރިޗް 2018 

14 މާރިޗު 2018
ހޯދާ