ދިވެހިރާއްޖެ
އިޢުލާން
އައްޑޫސިޓީ ހިތަދޫ މޫލެކެޑެ ސަރަހައްދުގެ ފަންނު ތަކަށް އަރާ ފޭބުމަށް ފަސޭހަވާނެހެން ސިޑިތަކެއް ހަދަންބޭނުންވެއްޖެއެވެ. ވީމާ މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތާއި ގުޅޭ ބީލަންފޯމް 2018 މާރިޗު 18 ވާ އާދިއްތަ ދުވަހުގެ10:00ން ފެށިގެން 2018 މާރިޗު 21 ވާ ބުދަ ދުވަހުގެ 12:00ށް މިއިދާރާއިންވިއްކަނެއެވެ. ބީލަން ފޯމެއްގެ އަގަކީ 300ރ (ތިން ސަތޭކަ ރުފިޔާ) އެވެ. ބީލަން ހުޅުވުން އޮންނާނީ 2018 މާރިޗު 26 ވާ ހޯމަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގައެވެ.
ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަންޖެހޭ ކަމަށްވާނަމަ 2018 މާރިޗު 18 ވާ އާދިއްތަ ދުވަހުން ފެށިގެން 2018 މާރިޗު 22 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 މާރިޗު 22 ވާ ބުރާސްފަތިދުވަހުގެ 16:00 ގެ ކުރިން، ބިޑް ބައްލަވައިގަންނަވާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.
އީމެއިލް: [email protected]
ކޮޕީ : [email protected]
26 ޖުމާދުލައާޚިރާ 1439