ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

މަޑަވެލި ސްޕޯޓްސް އެރީނާ ފުޓްސަލްދަނޑުގެ ދެވަނަ ފިޔަވަހީގެ ނުނިމިހުރި މަސައްކަތްތައް ކުރުމަށް މިއިދާރާއިން ކުރި ނަމްބަރު:   (IUL)416-ESMED/416/2018/8 (18 ފެބްރުވަރީ 2018) އިޢުލާނާގުޅިގެން ބިޑް ހުށަހަޅުއްވާފައި ވަނީ އެންމެ ފަރާތަކުންވާތީ، އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

މިކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް ގދ. މަޑަވެލީ ފުޓްސެލްދަނޑުގެ ދެވަނަ ފިޔަވަހީގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުރުކުމަށް ކަނޑައެޅިފައިވާ ތާރީޚުގައި މިއިދާރާއަށް ޙާޒިރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

ވަގުތު

ދުވަސް

ތާރީޚް

 

10:00

ބުދަ

21 މާރިޗް 2018

މަޢުލޫމާތު ސާފުކުރުން

10:00

ބުދަ

28 މާރިޗް 2018

އަންދާސީ ހިސާބު ހުށަހެޅުން

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 މާރިޗު 2018
ހޯދާ