ދިވެހިރާއްޖެ
`
ރަސްގެތީމް ސްކޫލް
ރ.ރަސްގެތީމް ނަމްބަރު: GS121/IUL/2018/10
ތާރީޚު: 14 މާރިޗް 2018
އިޢުލާން
ސެކިއުރިޓީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން
މި ސްކޫލުން ސެކިއުރިޓީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS121/IUL/2018/07
ގެ އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް މައުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، 2018 ވަނަ އަހަރުގެ މި ސްކޫލުގެ ސެކިއުރިޓީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ގަޑިތަކަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
2018 މާރިޗް 21 ވާ ބުދަ ދުވަހުގެ 13:30 އަށް |
މަޢުލޫމާތު ދިނުން |
2018 މާރިޗް 26 ވާ ހޯމަ ދުވަހުގެ 13:30 އަށް |
އަންދާސީ ހިސާބު ހުށަހެޅުން |
މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މި ސްކޫލްގަ އެވެ. |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު، ބަދަލުގައި ފޮނުވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.
އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ސެކިއުރިޓީ ޚިދުމަތް ދިނުމަށް ކުރިމަތިލައްވާ ފަރާތްތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް
މަސައްކަތުގެ އަގު: 70 ޕޮއިންޓް
ތަޖުރިބާ: 18 ޕޮއިންޓް
ބޭނުންކުރާ މުވައްޒަފުންގެ އަދަދު: 12 ޕޮއިންޓް
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6580361 އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.