ދިވެހިރާއްޖެ
މަޤާމް: ޕްރޮގްރާމް އޮފިސަރ
މާޤާމުގެ ނަންބަރު: J-294903
ބޭނުންވާ އަދަދު: 01
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެމް.އެސް2 – މެނޭޖިރިއަލް ސަރވިސް 2
މާޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2
ސެކްޝަން : ޕްލޭނިންގ ސެކްޝަން / ޑިޕާރޓްމަންޓް އޮފް ހަޔަރއެޑިޔުކޭޝަން
ވަޒީފާއޮތް އޮފީސް: ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ވަޒީފާ އަދާކުރަންޖެހޭ ތަން: ވެލާނާގެ 2 ވަނަ ފަންގިފިލާ، ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
މުސާރަ: -/6295ރ
ސަރވިސް އެލަވަންސް: -/2000ރ
އިތުރު އިނާޔަތްތައް: 1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ދިވެހިރާއްޖޭގައި މަތީޢުލީމް ދިނުމަށް އުފައްދާ މަރުކަޒުތައް ރަޖިސްޓުރީކުރުމައްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން
- މަތީތަޢުލީމްދޭ މަރުކަޒުތަކުން ހުށައަޅާ މައްސަލަތައް ބަލައި ޖަވާބުދާރީ ވުމަށްކުރައްޖެހޭ މަސައްކަތްކުރުން
- މަތީތަޢުލީމާއި ތަމްރީންދޭ މަރުކަޒުތައް ރެޖްސްޓުރީ ކުރުމަށް ބޭނުންވާ ފޯމް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި އަދި ކަމާބެހޭ ގޮތުން މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން.
- ކޮލެޖް ރެޖިސްޓުރީ ކުރުމަށް އެދި ހުށައަޅީ ފޯރމް ޕޮރޮޕޯސަލ ދިރާސާ ކުރާ ޕެނަލްއަށް ބޭނުންވާ ޑޮކިއުމަންޓް ތަކާއެކް ޕެނަލްއަށް ފޮނުވުން
- ޕްރޮޕޯސަލް ދިރާސާކުރާ ޕެނަލްއަށް ބޭނުންވާ އެންމެހާ މައުލޫމާތު ފޯރުކޮށް ދިނުމަށްތަކައި މަރުކަޒާއެކު ކޯޑިނޭޓްކޮށް ކުރައްޖެހޭ މަސައްކަތްތައް ކުރުން
- ޕްރޮޕޯސަލް ދިރާސާކުރާ ޕެނަލްއިން ފާސްވުމުން މަރުކަޒް/ކޮލެޖް ރަޖިސްޓުރީކޮށް ދިނުމާއި ބެހޭ އިދާރީ މަސައްކަތްކޮށް މަރުކަޒުގެ ރަޖިސްޓުރީދޫކުރުން
- މަތީތަޢުލީމްދޭ މަރުކަޒުތަކުގެ ގިންތިބަދަލްކުރުމާއި މިނޫންވެސް މަރުކަޒަށް ގެނެވޭ ބަދަލްތައް ގެނައުމަށް އެދިހުށައަޅާ ހުށައެޅުންތަކާ ގުޅިގެން ކުރައްޖެހޭ އިދާރީ މަސައްކަތްތައް ކުރުން
- ރަޖިސްޓުރީކޮށްދެވޭ މަތީތަޢުލީމްދޭ މަރުކަޒްތަކާބެހޭ މައުލޫމާތް ރައްކާކޮށް ބެލެހެއްޓުން
ޝަރުތު:
- މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަންރިސޯސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، ސުޕަވައިޒަރީ ރޯލް ހިމެނޭގޮތަށް ހިންގުމުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަންރިސޯސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، ސުޕަވައިޒަރީ ރޯލް ހިމެނޭގޮތަށް ހިންގުމުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަންރިސޯސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
- މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަންރިސޯސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
ހުށަހަޅަންޖެހޭ ލިޔުންތައް
1- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ޑިޕާރޓްމަންޓްގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
4- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމް ތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
6- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.
8- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިރާދާއެއްގައި އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
މަޤާމަށް އެދެންވީގޮތާއި ސުންގަޑީ
ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމެންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން www.dhe.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 މާރިޗް 2018 ވާ އާދީއްތަ ދުވަހުގެ 13.30 ގެ ކުރިން ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވާ އިންޓަވިއު އޮންނާނީ 27 މާރިޗު - 12 އޭޕްރީލް2018އާ ދެމެދު ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަން (ވެލާނާގެ 2ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުން، އެތާރީޚުގައި އިންޓަވިއު އަށް ހާޒިރުވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުން އެދެމެވެ.
ޝޯޓު ލިސްޓްކުރުން:
ޝަރުތު ހަމަވާ 10 ބޭފުޅުންނަށްވުރެ ގިނަ ބޭފުޅުން އެދިވަޑައިގެންފިނަމަ އެންމެ މަތީން މާރކްސް ލިބޭ 10 ބޭފުޅުން ޝޯޓުލިސްޓް ކުރެވޭނެއެވެ. އިންޓަވިއުއަށް ދަންނަވާނީ އެބޭފުޅުންނަށެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދައްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:
- 30%
އިތުރުމަޢުލޫމާތު:
މި ވަޒީފާއާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން މި ޑިޕާރޓްމަންޓްގެ ނަންބަރު 3341303،3341307 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީ-މެއިލް ކުރާނީ [email protected] އަށެވެ.
25 ޖުމާދަލްއާޚިރާ 1439
13 މާރިޗު 2018