ދިވެހިރާއްޖެ
| އިމާމުން ތަމްރީނު ކުރާކޯސް (މިޞްރު) | |
| ކޯހުގެ މުއްދަތު: _ | ކިޔަވާ ތަން: ޤާހިރާ (މިޞްރު) | 
| ތައާރަފް އިމާމުންނަށް އިތުރު ކުރިއެރުމާއި، ތަމްރީނުތަށް ފޯރުކޮއްދިނުމުގެ މަގުސަދުގައި މި މިނިސްޓްރީން ޚަރަދުކޮށްގެން އިމާމުން ތަމްރީނު ކުރުމުގެ ކޯހެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތުވަނީ ދިވެހިރާއްޖޭގައި މިވަގުތު ތިއްބެވި އިމާމުންނާއި ދީނީ ފަތުވާ ދެއްވާ ބޭފުޅުންނަށެވެ. | |
| ކޯހުގެ ޝަރުތު ހ. ޢިއުދާދިއްޔާ / ޝަހާދާ ޘާނަވިއްޔާ ހާސިލުކޮށްފައިވުން. ނުވަތަ، ށ. ދީނީ ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސެޓްފިކެޓެއް ލިބިފައިވުން. ނުވަތަ ނ. ދީނީ ތަޤްރީރު ކުރުމާއި ވަޢުޡު ބުނުމުގެ ހުއްދަ ލިބިފައިވުން. | |
| ސުންގަޑި 22 މާރޗް 2018 ވާ ބުރާސްފަތި ދުވަހު 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށަހެޅުއްވުން އެދެން. މިކޯހަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ. | |
| 
 ކޯހަށް ބައިވެރިން ހޮވުމުގައި ތިރީގައިވާ ބައިތަކަށް އިސްކަން ދެވޭނެއެވެ. ހ- އަރަބި ބަސް ރަނގަޅަށް ލިޔަން ކިޔަން އެނގޭ މިންވަރު . ށ- ޢަރަބި ބަހުގެ ކޯސް / ޓްރޭނިންގ ތަކުގެ ލިޔެކިޔުންތައް. | |
ނޯޓް: ކޯހުގައި ބައިވެރިވާން އެދޭފަރަތަކީ، މި މިނިސްޓްރީ ފިޔަވައި އެހެން ތަނެއްގައި ވަޒީފާއަދާ ކުރާ ފަރާތެއްނަމަ، ކޯހުގައި ފޮނުވުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
24 ޖުމާދަލްއާޚިރާ 1438
 
                    