ދިވެހިރާއްޖެ
ޤާނޫނު ނަންބަރު: 1/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން، މާލޭގެ ދަފްތަރުގައި ޖައްސާފައިވާ މީހުންގެ މަޢުލޫމާތު ހޯދުމަށްޓަކައި މި ކޮމިޝަނުގެ ފަރާތުން ޢާންމުކޮށް އިޢުލާން ކުރުމުން، މިހާތަނަށް މަޢުލޫމާތު ދީފައިވާ 1173 (އެގާރަ ސަތޭކަ ހަތްދިހަ ތިނެއް) މީހުންގެ މަޢުލޫމާތު މިއަދު (2013 ނޮވެންބަރު 28) މި ކޮމިޝަންގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކޮށްފީމެވެ.
މާލޭގެ ދަފްތަރުގައި ޖައްސާފައިވާ މީހުންގެ ތެރެއިން، އިލެކްޝަންސް ކޮމިޝަނަށް މަޢުލޫމާތު ދީފައިވާ އެއްވެސް މީހެއްގެ ދިރިއުޅޭ އެޑްރެހަށް ބަދަލެއް އަތުވެއްޖެނަމަ، އެމަޢުލޫމާތު އިލެކްޝަންސް ކޮމިޝަނަށް އަންގަމުން ގެންދިއުމަށް އަންގަމެވެ.
މާލޭގެ ދަފްތަރުގައި ޖައްސާފައިވާ މީހުން މިހާރު ދިރިއުޅޭ އެޑްރެސް އަންގާ ފޯމު އިލެކްޝަންސް ކޮމިޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) ން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ފެށިގެން ހަވީރު 4:00 އަށް އިލެކްޝަންސް ކޮމިޝަނުންނެވެ. ފޯމު ހިފައިގެން އަންނަނީ ފޯމުގެ ވެރިފަރާތް ނޫން އެހެން މީހެއްނަމަ، ފޯމު ހިފައިގެން އަންނަ މީހެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަސްލު ގެންނަންވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
24 މުޙައްރަމް 1435