ދިވެހިރާއްޖެ
MTCC-PD/IU/2018/034. ނަންބަރ:
އިޢުލާން
އެމްޓީސީސީ އަށް ކާރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން:
އެމްޓީސީސީ އަށް 6 މީހުންގެ ޖާގައިގެ ކާރެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 މާރިޗް 2018 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާގެ ބޯޑް ރޫމްގައި ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު، 27 މާރިޗް 2018 ވަނަ ދުވަހުގެ 14:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މައުލޫމާތު ދިނުމުގެ ބައްދަލު ވުމުގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ މިފުރުސަތުގައި ދަންނަވަމެވެ.
16 ޖުމާދަލް އާޙިރާ 1439
05 މާރިޗް 2018
