ދިވެހިރާއްޖެ
ނަންބަރު: 21 (IUL)202-A/1/2018/
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިއޮތޯރިޓީގެ ބޭނުމަށް 300 އަކަފޫޓާއި 600 އަކަފޫޓާ ދެމެދު ތަނެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.
ވީމާ، މިފަދަ ތަނެއް ކުއްޔަށް ދޫކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 މާރިޗް 14 ވާ ބުދަ ދުވަހުގެ 10:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 މާރިޗް 21 ވާ ބުދަ ދުވަހުގެ 10:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
23 ޖުމާދަލްއާޚިރާ 1439
11 މާރޗް 2018
