ދިވެހިރާއްޖެ
އިއުލާން
ޑްރައިވަރގެ މަޤާމަށް މީހަކު ބޭނުންވެއްޖެ.
މަޤާމް: ޑްރައިވަރ
މަޤާމުގެ ނަމްބަރު: J-251862
ސަރވިސް: ސަޕޯޓް ސަރވިސް
މަޤާމުގެ ރޭންކް: އެސް.އެސް 2
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
މަޤާމުގެ ގިންތި: ދާއިމީ
ބޭނުންވާ ޢަދަދު: 01 (އެކެއް)
މަޤާމުގެ މުސާރަ: -/3470 (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ)
ސަރވިސް އެލަވަންސް: -/1000 (އެއްހާސް ރުފިޔާ)
އިތުރު އިނާޔަތްތައް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިގެ ފައިސާ.
މަސައްކަތް ކުރަންޖެހޭ ތަން: އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
މަޤާމުގެ ޝަރުތު: މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ
މަގާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ސަނަދެއް/ ހާސިލްކޮށްފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތް:
- ކައުންސިލްގެ ވެހިކަލް / ޕިކަޕް ބެލެހެއްޓުމާއި އޮޕަރޭޓްކުރުމާ ބެހޭ ކަންކަންކުރުން.
- ކައުންސިލްގެ ވެހިކަލް / ޕިކަޕް ދުއްވަންޖެހޭ ޤަވާއިދުން ދުއްވުން.
- ކައުންސިލްގެ ވެހިކަލް / ޕިކަޕަށް ބޭނުންވާ އަޑީތެލާއި، ޑީސަލްއަޅާ، ފިލްޓަރު ބަދަލް ކުރަން ޖެހޭ މުއްދަތުގައި ފިލްޓަރު ބަދަލު ކުރުމާއި، ފޮޅާސާފުކުރުމާއި ދޮވުން، ކިޓްކުރުން ފަދަ ސަރވިސް ދިނުމާއި، މިކަންކަން ކުރުމަށް ބޭނުންވާ އެންމެހާ ތަކެތި ހޯދުމަށް ސްޕަވައިޒަރަށް ރިޕޯޓްކުރުން.
- ތެޔޮޖަހަން ޖެހޭތަންތަނަށް ތެޔޮޖެހުން އަދި ފެންއަޅަންޖެހޭ ތަންތަނަށް ފެންއެޅުމާއި، އަޑީތެޔޮ ޗެކްކޮށް ޕިކަޕްގެ ބާއްވާ ގަރާޖް ފޮޅާ ސާފުތާހިރު ކަންމަތީ ބެލެހެއްޓުން.
- ރަށަށް ވަޑައިގަންނަވާ ދައުލަތުގެ އިއްޒަތްތެރިންނާއި، ދަޢުވަތު އަރުވައިގެން ވަޑައިގަންނަވާ މެހެމާނުންގެ ލަގެޖް ފަދަ ތަކެތި ގެންދަންޖެހޭ ތަންތަނަށް ގެންދިއުމާއި، އުފުލަންޖެހޭ މީހުން ކައުންސިލްގެ ޕިކަޕްގައި ނުވަތަ އެހެންވެސް ވެހިކަލެއްގައި އެއްތަނުން އަނެއްތަނަށް ގެންދިއުން.
- ވޭސްޓްމެނޭޖްމަންޓްގެ މަސައްކަތުގައި ކުރަންޖެހޭ އެންމެހާ ދަތުރުތައް ކުރުވާ އެމަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން.
- އަދި މިނޫނަސް ވަޒީފާއާއި ގުޅޭގޮތުން ވެރިން އަންގާ އެންމެހާ ކަންކަންކުރުމާއި، އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި، ތަމްރީނު
- ލިބިފައިވާ މަސައްކަތު ތަޖުރިބާ
- ލިބިފައިވާ ހުނަރު
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (އދ.ހަންޏާމީދޫ ކައުންސިލްގެ އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެ އެވެ.)
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:ވަޒީފާއަށް އެދޭ ފޯމް އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެwww.csc.gov.mv ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވެނޭއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 މާރިޗު 2018 ވާ ހޯމަ ދުވަހު ދުވަހުގެ 13:00 ގެ ކުރިން، އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލްއެޑްރެހަކީ: [email protected] ފެކްސްނަމްބަރަކީ 6680884 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން: މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅާނީ 6680056 ނަމްބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ 6680884 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.