ދިވެހިރާއްޖެ
އިޢުލާން
އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކުރުމާއި، ކުނިގޮނޑު އަދި ސަޙަރާ ސާފުކޮށް ބެލެހެއްޓުމަށް މީހުން ހޮވުމާއިބެހޭ:
ގދ. ނަޑެއްލާގެ އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކުރުމާއި ކުނިގޮނޑު އަދި ސަޙަރާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް 01އޭޕްރީލް2018 އިން 31މާރިޗް2019 އަށް، 01 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ.
ތިރީގައި އެވަނީ މިމަސައްކަތްތަކަށް ހޮވުމަށް ހަމަޖެހިފައިވާ މީހުންގެ ޢަދަދާއި މަހެއްގެ މައްޗަށް އުޖޫރައިގެ ގޮތުގައި ދިނުމަށް ކައުންސިލުން ކަނޑައަޅާފައިވާ ފައިސާގެ ޢަދަދާއި އިތުރު ތަފްޞީލް އެވެ.
- 01 ސްޕަވައިޒަރު (އަންހެން) (އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކުރުމާއިއެކު ސްޕަވައިޒްކޮށް ބެލެހެއްޓުމަށް)
އުޖޫރަ: މަހަކު -/1500 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ)
- 09 މަސައްކަތު (އަންހެން) (އިޖްތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކުރުމަށް)
އުޖޫރަ: މަހަކު -/1200 ރުފިޔާ (ބާރަ ސަތޭކަ ރުފިޔާ)
- 01 މަސައްކަތު (ފިރިހެން) (ސަޙަރާ ސާފުކޮށް ބެލެހެއްޓުމަށް)
އުޖޫރަ: މަހަކު -/1200 ރުފިޔާ (ބާރަ ސަތޭކަ ރުފިޔާ)
- 01 މަސައްކަތު (ފިރިހެން) (ކުނި ގޮނޑު ސާފުކޮށް ބެލެހެއްޓުމަށް)
އުޖޫރަ: މަހަކު -/2300 ރުފިޔާ (ދެ ހާސް ތިންސަތޭކަ ރުފިޔާ)
މަތީގައިވާ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭނެ ޝަރުޠުތައް:
- ހުށަހަޅާ ފަރާތަކީ އަސާސީ ޕެންޝަން ފައިސާ ނުވަތަ އެކަނިވެރި މައިން ނުވަތަ ބަފައިން ބަލަހައްޓާ ދަރިންނަށް ދެވޭ އެލަވަންސް ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އެލަވަންސް ލިބޭ ފަރާތެއް ކަމުގައި ނުވުން.
- ހުށަހަޅާ ފަރާތަކީ، ސަރުކާރުގެ ނުވަތަ އަމިއްލަ ކުންފުންޏެއްގެ އެއްވެސްކަހަލަ ދާއިމީ ވަޒީފާއެއް އަދާކުރާ ފަރާތެއްކަމުގައި ނުވުން.
މަތީގައިވާ ޝަރުޠުތައް ފުރިހަމަނުވާ ފަރާތްތަކުގެ ހުށަހެޅުންތައް ބާޠިލުކުރެވޭނެއެވެ.
ޝަރުޠު ފުރިހަމަވާ ފަރާތްތައް އިވެލުއޭޓް ކުރުމުގައި ތިރީގައިއެވާ ކަންތައްތަކަށް ބަލައި ޕޮއިންޓް ދެވޭނެއެވެ.
- ޝަރުޠު ފުރިހަމަވުމަށް ( 50 ޕޮއިންޓް )
- އިޖުތިމާޢީ ސަރަޙައްދު ސާފްކުރުމުގެ މަސައްކަތު ތަޖުރިބާ ( 20 ޕޮއިންޓް )
- ޢުމުރުފުރާ (18 އަހަރާއި 35 އަހާރައި ދެމެދުގެ ޒުވާނުންނަށް 7 ޕޮއިންޓް / 35 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންނަށް 5 ޕޮއިންޓް / 50 އަހަރުން މަތީގެ މީހުންނަށް 3 ޕޮއިންޓް)
އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކުރުމާއި، ކުނިގޮނޑު އަދި ސަޙަރާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް މީހަކު ހަމަޖެއްސުން:
މިއިޢުލާނާއި ގުޅިގެން އިޖުތިމާޢީ ސަރަޙައްދު ސާފްކުރުމުގެ މަސައްކަތު ސްޕަވައިޒަރުކަމަށާއި، އިޖުތިމާޢީ ސަރަޙައްދު ސާފްކުރުމުގެ މަސައްކަތަށާއި ކުނި ގޮނޑު އަދި ސަޙަރާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް އެދި ހުށަހަޅާ ހުށަހެޅުންތައް އިޢުލާނުގައި ހޯދުމަށް ބޭނުންވާ ކަމަށް ބަޔާންކޮށްފައިވާ ޢަދަދަށްވުރެ ގިނަނުވާނަމަ ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ޝަރުޠު ހަމަވޭތޯ ބެލުމަށްފަހު ޝަރުޠުހަމަވާ ފަރާތްތަކާއި މަސައްކަތް ޙަވާލުކުރެވޭނެއެވެ. އަދި ބޭނުންވާ ޢަދަދަށްވުރެ ކުރިމަތިލާފައިވާ މީހުންގެ ޢަދަދު ގިނަނަމަ މަސައްކަތް ޙަވާލުކުރެވޭނީ އިޖުތިމާޢީ ސަރަޙައްދު ސާފްކުރުމުގެ މަސައްކަތަށާއި، ކުނި ގޮނޑު ސާފްކުރުމުގެ މަސައްކަތަށް މީހުން ހޯދުމާއި އައްޔަންކުރުމުގެ އުސޫލާއި އެއްގޮތްވާ ގޮތުގެމަތިން އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކާއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 މާރިޗް 2018 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އިޖުތިމާޢީ ސަރަޙައްދު ސާފްކުރުމުގެ މަސައްކަތާއި، ސަޙަރާއާއި ކުނިގޮނޑު ސާފްކުރުމުގެ މަސައްކަތަށް އެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް ރަސްމީ ގަޑީގައި މި އިދާރައިގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
23 ޖުމާދަލްއާޚިރާ 1439
11 މާރިޗް 2018